Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީޕީ އަލީ ޝުޖާ

މަސްތުވާތަކެތި އެތެރެކުރާ ޑްރަގް ނެޓްވޯކުތައް ހޯދާ ފިޔަވަޅު އަޅާނަން: ޝުޖާއު

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ޑްރަގް ނެޓްވޯކުތަކުގެ ބޮޑުންނާއި އެކަމުން ނަފާ ލިބޭ މީހުން ހޯދާ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމާ ހަވާލުވެވަޑައިގެން މިއަދު ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި ދެއްވި ބަޔާނުގައެވެ.

ޝުޖާއު ވިދާޅުވީ މީގެކުރިންވެސް އެކަންތައްތަކަކާމެދު ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށެވެ.

އެގޮތުން މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ވަށާޖެހޭ ގޮތަށް މަސައްކަތް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ޑްރަގް ނެޓްވޯކުތަކުގެ ބޮޑުންނާއި އެކަމުން ނަފާ ލިބޭ އެންމެން ހޯދުމުގައި ފުލުހުން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވަރަށް ސާބިތުކަމާއެކު ކުރާނެކަމަށެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ އެތެރެކުރާ ސަފާރީތައް ހޯދާ އެކަންކަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ވާހަކައިގެ އިތުރުން ޝުޖާއު ވިދާޅުވީ ބޭސިކް ޕޮލިސިން ރަނގަޅު ކުރަން ވަރަށް ބޮޑަށް ސަމާލުކަމެއް ދޭނެކަމަށެވެ. އޭގެ ނަތިޖާއެއްގެ ގޮތުން ފުލުހުން މަގުމަތިން ހިދުމަތްދޭތަން ރައްޔިތުންނަށް ވީހާވެސް ގިނައިން ފެންނާނެކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ބޭސިކް ޕޮލިސިން ރަނގަޅުކުރުމުން ފައިމަގުގައި ޕެޓްރޯލްކުރާ ފުލުހުން އިތުރުވާނެކަމަށެވެ.

އަދި ރައްޔިތުންނާ ގާތުން ހިދުމަތް ކުރާ ފުލުހުން ރާއްޖޭގެ ކަންކޮޅުތަކުން ފެންނާނެކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުށްތައް މަދުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބޭސިކް ޕޮލިސިން ރަނގަޅު ކުރުމުން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހްގީގުކުރެވި އެ މައްސަލަތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް އަވަހަށް އިންސާފު ލިބޭނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ