Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

އަންނަ އަހަރު ފަތުރުވެރިކަމަށް 1000 އަށްވުރެ ގިނަ އެނދު ބާޒާރަށް ނެރެވޭނެ: ފައިޞަލް

އަމާޒަކީ މި ފެށޭ އައު އަހަރުގައި 12 ނުވަތަ 15 ރިސޯޓު އަލަށް ހުޅުވުން ކަމަށާއި އެއީ 1000 އެނދުގެ އިތުރުވުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ފައިޞަލް ވިދާޅުވީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހެދި ނުހެދި 63 ރަށެއް އެބައޮތް ކަމަށާއި މި ރަށްތަކަށް އިންވެސްޓްކޮށްފައިވާ އިންވެސްޓަރުނާއި މަޝްވަރާ ކުރައްވައިގެން އަވަހަށް މާކެޓަށް ނެރެވޭނެ ގޮތްތައް ބައްލަވަމުން ގެންދަވާ ކަމަށެވެ.
މިހެން ހުރި ގިނަ ރަށްތައް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ދެވޭނެ ލުއިފަސޭހަތަކާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްއާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ފައިޞަލް ވިދާޅުވިއެވެ.
''އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް ޓާގެޓެއް އެއީ އެހެން ނުހެދި ހުރި ރަށްތައް މި ފަސް އަހަރު ދުވަސްތެރޭގައި %50 ރަށްތައް މާކެޓަށް ނެރުން އެ ފަރާތްތަކަށް ލުއިގޮތްތައް ހޯދައިދީގެން.''
މިނިސްޓަރު ފައިޞަލް ވިދާޅުވީ އަމާޒަކީ މި ފެށޭ އައު އަހަރުގައި 12 ނުވަތަ 15 ރިސޯޓު އަލަށް ހުޅުވުން ކަމަށެވެ. އެއީ 1000 އެނދުގެ އިތުރުވުމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ