Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބުގެ ދެ ބުރަށް ހަރަދުވީ 84 މިލިއަން ރުފިޔާ: އިސީ

ނިމިދިޔަ ރިޔާސީ އިންތިހާބަށް ޖުމްލަ 84 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އިލެކްޝަންސް ކޮމިޝަން (އިސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ވާގޮތުން ރިޔާސީ އިންތިހާބުގެ ދެ ބުރަށް ޖުމްލަ 84 މިލިއަން ރުފިޔާ ހަރަދުވިއިރު، އޭގެ ތެރެއިން 63 މިލިއަން ހަރަދުވީ މިދިޔަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރަށެވެ.
މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހަރަދުވީ އީސީގެ ރިޕޯޓުގައި ބުނާގޮތުން 21.6 މިލިޔަން ރުފިޔާ އެވެ.
ރިޔާސީ އިންތިހާބަށް ބަޖެޓުކޮށްފައި އޮތީ ޖުމްލަ 96.4 މިލިއަން ރުފިޔާއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު ދެވަނަ ބުރަށް ވަޑައިގެންނެވީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހުއެވެ. ބޮޑު ތަފާތަކުން އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ރައީސް ޑރ. މުއިއްޒު އެވެ.
މި ލިއުމާއި ގުޅޭ