Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙަތު

ދިވެހި ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި

ދިވެހި ކުއްޖެއްގެ ފުއްޕާމޭގައި ތާށިވި ޕިނެއް އިންޑިއާގެ ކޮޗީގައި އަމްރިތާ ހޮސްޕިޓަލުން ނަގައިފިއެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖޭގެ ހަތް އަހަރުގެ ކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި ފަސް ސެންޓިމީޓަރު ދިގު ޕިނެއް ކާމިޔާބު ކަމާއި އެކީ ނަގާފައިވާ ކަމަށެވެ.

އަމްރިތާ ހޮސްޕިޓަލުން ބުނީ، ފުއްޕާ މެޔަށް ޕިން ދިޔައީ އެ ކުއްޖާ ކުޅެން އުޅުމުގެ ތެރޭގައި ކަމަށެވެ. ކެއްސައި ކަރުން ލޭއައުމާއި ގުޅިގެން އެމެޖެންސީ ފަރުވާއަށް ރާއްޖެއިން ކޮޗީއަށް އެ ކުއްޖާ ގެންދިޔައެވެ.

އެ ކުއްޖާގެ ފުއްޕާމެއިން ޕިން ނަގާފައިވަނީ ތިން ގަޑިއިރުގެ ބްރޮންކޯސްކޮޕީ ހަދައިގެން ކަމަށާއި އޯޕަން ސާޖަރީއަކަށް ދާން ނުޖެހި ކާމިޔާބުކަމާއެކު ޕިން ނަގާފައިވާ ކަމަށް އަމްރިތާގެ ޗީފް އިންޓަވެންޝަނަލް ޕަލްމޮނޮލޮޖިސްޓް ޑރ ޓިންކޫ ޖޯސެފް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ