Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ކުރީ ސަރުކާރުން ރިސޯޓު ހަދަން ނުއަގުގައި ރަށްތައް ދޫކުރި: މިނިސްޓަރ ފައިސަލް

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރިސޯޓުތައް ތަރައްގީކުރުމަށް ނުއަގުގައި ރަށްތައް ދޫކޮށްފައި ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް އެހެން ވިދާޅުވީ، ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައެވެ.

އެ ޕްރޮގްރާމް ގައި ފައިސަލް ވިދާޅުވީ، އެގޮތަށް ދޫކޮށްފައި ހުރި ރަށްތަކާއި މެދު ރައީސް ޑރ މުހައްމަދު މުއިއްޒު ޗެއާކުރައްވާ އިކޮނޮމިކް ކައުންސިލުން ނިންމުންތަކެއް ނިންމައި ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފަތުރުވރިކަމަށް ދޫކޮށް ނުހެދި ހުރި 63 ރަށެއް އެބައޮތެވެ. ފައިސަލް ވިދާޅުވި ގޮތުންނަމަ މިނިސްޓްރީން ކުރަމުންދާ މަސައްކަތަކީ އެރަށްތައް އައިޑެންޓިފައިކޮށް އެ ރަށްތަކަށް އިންވެސްޓްކޮށްފައި ތިބި ފަރާތްތަކާއެކު މަޝްވަރާކޮށް ހުރި ދަތިތަކަކީ ކޮބައިތޯ އަދި އެކަން ހައްލުކުރުމަށް ކުރެވޭނެ ކަންކަން ބެލުމެވެ.


މިނިސްޓަރުގެ އަމާޒަކީ ނުހެދި ހުރި ރަށްތަކުގެ ތެރެއިން 50 އިންސައްތަ ރަށް މި ފަސް އަހަރު ދުވަސްތެރޭ މާކެޓަށް ނެރުމެވެ. މި ފެށޭ 2024 ވަނަ އަހަރު 15 ރިސޯޓް އަލަށް ހުޅުވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ރިސޯޓު ތަރައްގީކުރުމަށް 51 ރަށެއް އިއުލާނު ކުރިއެވެ.

މި ލިއުމާއި ގުޅޭ