Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާބަންކޯ

"މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން އާބަންކޯއިން ހުޅުމާލެ ސާފުކުރަން ފަށައިފި

އާބަންކޯގެ "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރަން ފަށައިފިއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެއިން ފެނުމުން، މަދިރި އާލާވާ ތަންތަން ދެނެގަނެ އެފަދަ ތަންތަން ނައްތާލުމަށްޓަކައި މިއަދު ހެނދުނު ފެށި "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގައި މަދިރި އާލާވާނޭހެން ހުރި ސަރަހައްދުތައް ސާފުކުރަން ފަށައިފިއެވެ.

"މަދިރިން ރައްކާ" ކެމްޕޭން ހުޅުމާލޭގައި ރަސްމީކޮށް ފަށާފައިވަނީ، މިއަދު ހެނދުނު 07:30 ގައި ހުޅުމާލެ ފޭސް 1 ގައި ހުންނަ ރިވެލި ޕާކުތެރޭގައެވެ. އެގޮތުން، އެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަޠީފާއި، ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލްގެ އިތުރުން އެންވަޔަރްމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، ސިއްހީ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ގުޅިގެން އާބަންކޯއިން ގައުމީ ފެންވަަރެއްގައި ކުރިޔަށް ގެންދާ "މަދިރިން ރައްކާ" ކެމްޕެއިނުގެ ދަށުން ހުޅުމާލެ ސާފުކުރަން ހަމަޖެހިފައިވަނީ 15 ޓީމަކަށް ބަހައިލައިގެންނެވެ. އެގޮތުން، މި ހަރަކާތުގެ ތެރެއިން ފޭސް 1 އާއި 2 ގައި ހުރި މަދިރި އާލާވާ ސަރަހައްދުތައް ދެނެގަނެ އެފަދަ ތަންތަން ސާފުކުރުން ހިމެނޭކަމަށް އާބަންކޯއިން މައުލޫމާތުދީފައިވެއެވެ.

ފައިލޭރިއާ ޖެހިފައިވާ ކޭސްތަކެއް ރާއްޖެއިން ފެނުމުން އާބަންކޯއިން އެކަމާއި ގުޅުވައިގެން މިހާތަނަށް އެތައް ކަމެއް ކޮށްފައިވެއެވެ. މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި ސާފުތާހިރުކަމުގެ މުހިއްމުކަން އަންގައިދީ، ހޭލުންތެރިކަމުގެ ހަރަކާތްތައް ހިންގުމުގެ އިތުރުން ހުޅުމާލޭގައި ހުރި، ކުނި ގިނަ ސަރަހައްދުތައް ސާފުކުރުންފަދަ އެތައް ހަރަކާތްތަކެއް އާބަންކޯއިން ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި، މިއަދު ފެށިގެންދިޔަ ކެމްޕެއިނުގެ ދަށުން ގުޅީފަޅާއި ތިލަފުށީގައި ހުރި މަދިރި އާލާވާފަދަ ތަންތަންވެސް ސާފުކުރެވޭނެއެވެ.

މި ލިއުމާއި ގުޅޭ