Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

މެންބަރުން ގަނެވިއްކުމުގެ ވިޔަފާރިއަކީ އެމްޑީޕީން ފެށި ކަމެއް: މޮސްޓާ

މެންބަރުން ގަނެވިއްކުމުގެ ވިޔަފާރިއަކީ އެމްޑީޕީން ރާއްޖޭގައި ފެށި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިނިވަން މެންބަރެއް ކަމަށްވާ މޮސްޓާ މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އެ ޕާޓީން ވަކިވެވަޑައިގަތުމުން ސަރުކާރުން ރިޝްވަތު ދެނީ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ 19 ވަނަ މަޖިލީސް ފެށުނުއިރު ތިއްބެވީ އެމްޑީޕީގެ 65 މެންބަރުން ކަމަށާއި މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވީ ހަތް މެންބަރުން ކަމަށެވެ. އަދި މެންބަރުން ފުރަތަމަ ގަންނަން ފެށީ އެމްޑީޕީން ކަމަށާއި މެންބަރުން ގަނެވިއްކުމުގެ ވިޔަފާރިއަކީ އެމްޑީޕީން ރާއްޖޭގައި ފެށި ކަމެއް ކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.

''ނޭނގެނީ ކަމެއް ، ޖާހިލީ ކަމެއް ، ތަންދޮރު ނުދަންނަނީ ކަމެއް ނޭނގެ. ރައްޔިތުންގެ މަޖިލީހަށް 65 މެންބަރުންނާ އެއްކޮށް ވަނީ. މިނިވަން މެންބަރުންގެ ގޮތުގައި ހަތް މެންބަރުން މަޖިލީހަށް ވަނީ . އެމްޑީޕީން ފުރަތަމަ ގަންނަން ފެށީ. 2008 ވަނަ އަހަރުގެ ވެރިކަމުގައި ވެސް އެމްޑީޕީން މި ހުތުރު އަމަލު ހިންގަން ފެށީ ރާއްޖޭގައި. މެންބަރުން ގަނެވިއްކުމުގެ ވިޔަފާރި މިތާ ފެއްޓީ އެމްޑީޕީން ކުރި ކަމެއް.''

ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރުން ގަންނަން ސަރުކާރުން ފައިސާ ހުށަހަޅާ ކަމުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

ޮ''އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް'' ޝަހީބް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ