ނައީޝް ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާކަމަށާއި، އެ މަސައްކަތުގައި ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.
އައްޑޫ ސިޓީ މަރަދޫއަށް އަށް އުފަން 18 އަހަރުގެ މުހައްމަދު ނާއިޝް ނަސްރު ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހު އިރާކޮޅު އިހިނަގަން މޫދަށް ފޭބިފަހުންނެވެ. އޭނާހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.
އެގޮތުން، ނައީޝް ހޯދުމަށް އެމްއެންޑީއެފް އިން ވައިގެ މަގުން 9916.46 ސްކޮޔާ ނޯޓިކަލް މޭލު ބަލާ ފާސްކޮށްފައިވާކަމަށާއި، އެހެންނަމަވެސް ނައީޝް އަދި ފެނިފައި ނުވާކަމަށް ދިފާއީބާރުން ބުންޏެވެ. އެމްއެންޑީއެފް ކޯސްޓުގާޑުން، ކަނޑު މަގުން 2386.51 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާއިރު، ކަނޑު އަޑީގެ 1.026 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން، ނައީޝް ގެއްލުނު ސަރަހައްދަކީ އޮއެބާރު ސަރަހައްދެކެވެ. އަދި މީގެ ކުރިންވެސް މީހުން ގެއްލިފައިވާ ސަރަހައްދެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނައީޝް ގެއްލުނުތާ މިއަދަށް 6 ދުވަސް ވާއިރު، އެ ޒުވާނާ ހޯދުމުގެ މަސައްކަތް އައްޑޫ ސިޓީގެ އެކި ރައްޔިތުން ކުރިޔަށް ގެންދަމުންދެއެވެ.