Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީ ފަޒުލް ރަޝީދު

އެހެން މަޝްރޫއަކަށް ނަގާފައިވާ ވެލި, ރަސްމާލެ ހިއްކުމަށް ބޭނުންނުކުރާނެ: ފަޒުލް

އެހެން މަޝްރޫއުތައް ކުރިއަށް ގެންދަން ނަގާފައިވާ ވެލި, ރަސްމާލެ މަޝްރޫއުގައި ބޭނުންނުކުރާނެ ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިތާ ހަފުތާއެއްތެރޭގައި 10 ހެކްޓަރުގެ ބިން ހިއްކާފައިވަނީ ގުޅީފަޅުން ވެލި ނަގައިގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަން ފެށުމާ ގުޅިގެންނެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ ރަސްމާލެ ރިކްލެމޭޝަން ކުރިއަށްދަނީ ގުޅީފަޅުންނާއި ގިރާވަރުފަޅުންނާއި ތިލަފުށިންނާއި ހުޅުމާލެ ހިއްކާ ސަރަހައްދުން ވެލި ނަގައިގެން ނޫން ކަމަށެވެ.
''ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތްތައް ކުށްވެރިކުރަން'،" ރަސްމާލެ ހިއްކުމަށް, އެހެން މަޝްރޫއުތަކަށް ބޭނުންކުރާ ވެލި ބޭނުންކުރަމުންދާކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި ފަޒުލް ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ސަބަބުން މިހާރު ކުރިއަށްދާ ހިއްކުމުގެ އެހެން މަޝްރޫއުތަކަށް އަސަރެއް ނުކުރާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުﷲ މުއްޠަލިބު ވެސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ.
ރަސްމާލެ ހިއްކުމަށް ވެލިނަގާ ސަރަހައްދުގެ ޗާޓުގެ އާންމުކުރައްވައި މިނިސްޓަރު ވިދާޅުވީ ރަސްމާލެއަށް ވެލި ނަގަނީ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް މާލެ އަތޮޅު ދެކުނުބުރިން އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުން ކަމަށާއި ގުޅިފަޅަށް ވެލި ނަގާ ސަރަހައްދަކީ މާލެ އަތޮޅު އުތުރުބުރީ ގުޅީފަޅު ކައިރީގައި އޮންނަ ސަރަހައްދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއު "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވީ މި މަހުގެ 18 ގައެވެ. ކ.ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސުލްޖުމްހޫރިއްޔާ އެ ދުވަހު ވިދާޅުވީ، މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
އެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރުމުން، އެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވަނީ ދިވެހި ދައުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށެވެ. އެކަން ކުރާނީ ރަސްމާލެއިން 60 ހެކްޓަރު އަދި ހުޅުމާލެއިން 10 ހެކްޓަރު ބިން އެކަން ކުރާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) ކުންފުންޏަށް ދީގެންނެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިތާ ހަފުތާއެއްތެރޭގައި 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައިފއެވެ. އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށް ހަމަޖެހިފައިވަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށެވެ. އެގޮތުން ރަސްމާލެ ހިއްކާނީ ހުޅުމާލެއަށްވުރެ އިތުރު 0.5 މީޓަރު އުސްކޮށެވެ. އަދި ބިމުގެ ބޮޑު މިނަށް ބަލާނަމަ މިއީ މިހާރު އޮތް ހުޅުމާލޭގެ ތިންގުނަ އެވެ.
މި ލިއުމާއި ގުޅޭ