Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ކުއްލި ބައްދަލުވުމެއް، ހާޒިރުވެވަޑައިގަތީ އެންމެ 16 މެންބަރުން

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން އެ ޕާޓީ ދޫކުރައްވައި ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގުރެސް އިއްތިހާދާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމުގެ އަޑުތައް އަރާފައިވަނިކޮށް، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، މަޖިލީހުގެ ނައިބުރައީސް އަޙްމަދު ސަލީމުގެ އިސްނެންގެވުމަށް ބޭއްވެވި ބައްދަލުވުމަކީ އެ ޕާޓީގެ މަޖިލިސް މެންބަރުންނާ އެ ބޭފުޅުން ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަރު ރާއީވަނީ އެކްސްގައި މި ބައްދަލުވުމުގެ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ 55 މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ 16 މެންބަރުންނެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމެއް މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިޒާމު ކުރެއްވުމުން އެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ މަދުކަން ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ފާހަގަކުރަމުންނެވެ.

އެމްޑީޕީގެ ޕީޖީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަދަދު މަދުވުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން މި ބައްދަލުވުމަށް ހުއްޓިފައިވަނިކޮށް، މިރޭ ދަރުބާރުގޭގައި އޮންނަ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން އެ ކޯލިޝަނާ ގުޅިވަޑައިގަންނަވާކަމުގެ އަޑުތައްވަނީ ފެތުރިފައެވެ.

ޕީޕީއެމް/ޕީއެންސީއާ ގުޅިވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޒަމާންވީ މެންބަރުން ހިމެނިވަޑައިގަންނަވާކަމަށް މީސްމީޑިއާގައި އަޑުތައް ފެތުރިފައިވެއެވެ.

މި ލިއުމާއި ގުޅޭ