Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަންކުރައްވައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޗެއާޕާސަންގެ މަގާމަށް ޢާއިޝާ ނޫރައިން ޖަނާޙް އައްޔަން މިއަދު ކުރައްވައިފިއެވެ.

އާ ޗެއާޕާސަންއަށް ނޫރައިން އައްޔަން ކުރައްވާފައިވާކަން ހާމަކޮށް އެމްއެމްޕީއާރްސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ނޫރައިންއަށް މަރުހަބާ ކިޔައިފައެވެ.
ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ވައިސް ޗެއާ ނޫރައިން އަކީ ލީޑާޝިޕް ކޯޗިން އަދި ކޮންސަލްޓިންގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ނޫރައިންއަކީ އޯކްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއިން މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިންގ އާއި އޮސްޓްރޭލިޔާ އެންޑް ނިއުޒިލެންޑުން ޗާޓާޑް އެކައުންޓިންގެ ދާއިރާއިން ގްރެޖްއޭޓް ޑިޕްލޮމާ އަދި ހިއުމަން ޖިއޯގްރަފީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ވެސް ހާސިލުކުރައްވާފައިވާ ކަނބަލެކެވެ.
ނޫރައިން ވަނީ ނިއުޒިލެންޑްގެ އެކި ޓްރަސްޓީ ބޯޑުތަކުގައި މެންބަރުކަން ވެސް ކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ