ޓްރީޓޮޕްގެ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އަހަރުގެ ފަހުކޮޅުގައި އަންނަ ހިތާނީ ސީޒަނުގައި ޓްރީޓޮޕުން ބާއްވަން ހަމަޖެހިފައިވާ ހިތާނީ ކޭމްޕަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހިތާނީ ކޭމްޕަށް ރަޖިސްޓްރީވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ޢިއުލާނުކޮށްފައިވަނީ އިއްޔެ އެ ހޮސްޕިތަލުން ޢަންމުކުރި ނޫސްބަޔާނެއްގައެވެ.
އެގޮތުން، ޓްރޯޓޮޕ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، އެ ކޭމްޕުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ސުންގަޑި ހަމަވާނީ ޖެނުއަރީ 10ގައެވެ.
އެގޮތުން އެ ކޭމްޕުގައި އިސްކޮށް 6 ޑޮކްޓަރުން ހަރަކާތްތެރިވާން ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި، 1 ކޮންސަލްޓެންޓު ޔޫރޮލޮޖިސްޓަކާއި 5 ޖެނެރަލް ސާޖަންސް ހިމެނެއެވެ. އެއީ، ޔޫރޮލޮޖިސްޓް ޑރ. މެހްމެތު އޮޑާއާއި، ޖެނެރަލް ސާޖަން ޑރ. ހުސެއިން ހަދިޔެވްއާއި، ޑރ. އުކްތަމް އަބްދުއްލައީވްއާއި، ޑރ. މައުސޫމް އާސިމްއާއި، ޑރ. މުޙައްމަދް ޝަރީފް އަދި ޑރ. އަބްދުﷲ އުބެއިދްއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގެ އަގަކީ 5000 ރުފިޔާއެވެ. ހިތާނީ ކޭމްޕޫގައި ރަޖިސްޓްރީ ވުމަށް ގުޅުއްވާނީ: 33351610