Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރުތަައް

ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމަން އާއިލާއާ މަޝްވަރާކުރަނީ

އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައިފައި ކުނިގޮނޑަށް އެއްލާލައިފައި އޮޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއާ މަޝްވަރާކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައިފައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނުނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.
ކުނިއަޅަން ބޭނުންކުރާ ކަޅު ކޮތަޅަކަށް ލައިފައި އޮތް އެ ކުއްޖާ އޮތީ ފޫޅު ވެސް ނުކަނޑައެވެ. އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށް ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މި މަހުގެ 15 ގައި އިންޑިއާއަށް ގެންދިއުމަށްފަހު ގެނައީ 22 ވަނަ ދުވަހުއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއާ މަޝްވަރާކުރަމުންދާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި ކުއްޖާގެ މަންމައަކީ ދިގުރަށުގެ ގެސްޓުހައުސްއެއްގައި މަސައްކަތްކުރަމުން އައި ލަންކާ އަންހެނެކެވެ. އުމުރުން 30 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކޮށް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ކުއްޖާ ފެނުނު ދުވަހު ދިގުރަށުން ފުރައިގެން މާލެ ގޮސް, ލަންކާއަށް ފުރަން ގޮސް ހުއްޓައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަ ކުއްޖަކު މެރިކަމުގެ ތުހުމަތެވެ.
މި ލިއުމާއި ގުޅޭ