އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޝާރިގާ ގައި އާއަހަރު ފާހަގަކުރުން މަނާކޮށްފިއެވެ.
ގާޒާގެ ރައްޔިތުންނާއެކު ޝާރިގާ އޮތްކަން އަންގައި ދިނުމަށާއި އެއްބައިވަންތަކަން ދައްކުވައިދިނުމުގެ ގޮތުން އާ އަހަރާ ދިމާކޮށް ހަފްލާތައް ބޭއްވުމާއި ހަވާއެރުމުން މަނާވާނެ ކަމަށް އެ ސިޓީގެ ފުލުހުން ބުންޏެވެ.
"މިއީ ގާޒާގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް" ޝާރިގާ ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފުލުހުން ވަނީ ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުންދޭން އެދިގފައ މަނާކުރި ގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަން ފާހަގަކޮށް، އިންސާނީ އެއްބައިވަންތަކަމަކީ އެ ސިޓީން ގެންގުޅޭ ސަގާފަތާއި ފިކުރެއްކަން ފުލުހުން ބަނީ ހަނދާން ކޮށްދީފައެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ގާތްގަނޑަކަށް 21،000 މީހުން ޝަހީދުވެފައިވެއެވެ.