Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙީ ވުޒާރާ

ފައިލޭރިއާއަށް ބޭނުންވާ ބޭހުގެ ސްޓޮކް ރާއްޖެ ގެނެސްފި

ފައިލޭރިއާ ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ހުސްވެފައިވާ ބޭސް މިހާރު ރޭއްޖެ ގެނެސްފައިވާ ކަމަށާއި، އެ ބައްޔަށް ބޭސް އެތެރެކުރުމުގައި ދައްޗެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރާއްޖެއިން ނައްތާލެތިވެފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބަޔަކު މި މަހު އެންމެ ފުރަތަމަ ފެނުނީ ހދ. ކުޅުދުއްފުށިންނެވެ. އޭގެ ފަހުން މާލޭ ސަރަހައްދުން ވެސް މިހާރު އެ ބަލި ވަނީ ފެނިފަ އެވެ.
ފައިލޭރިއާގެ ކޭސްތައް ފެނުނު އިރު ބަލީގެ ފަރުވާއަށް ދެވޭ ބޭސްތަކުގެ ތެރެއިން އެއް ބާވަތުގެ ބޭސް ރާއްޖޭން ލިބެން ނެތް ކަމަށާއި އެ ބޭސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ފައިލޭރިއާއަށް ބޭނުންވާ ބޭސް މިހާރު ރާއްޖޭން ލިބެން އެބަހުރި ކަމުގެ ޔަގީންކަން، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށެވެ.
އަދި ޑަބްލިއުއެޗްއޯއާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބޭހުގެ ކަންކަން ރަނގަޅަށް ތަރުތީބުވެފައިވާ ކަމަށާއި، ރާއްޖެއަށް ބޭނުންވާ ބޭސް ހޯދުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަހު ރާއްޖެއިން ފައިލޭރިއާ ފުރަތަމަ ފެނުނީ ކުޅުދުއްފުށީގައި މަސައްކަތްކުރާ 19 ބިދޭސީ މަސައްކަތްތެރިއެއްގެ ގައިންނެވެ. އެ ފަރާތްތަކަކީ މިހާރު ވެސް ފައިލޭރިޔާ ފެންނަމުންދާ ގައުމަކުން ރާއްޖެ އައިސްފައިވާ ބިދޭސީން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެކަމާ ގުޅިގެން ރޭންޑަމްކޮށް ބިދޭސީން ފައިލޭރިއާއަށް ޓެސްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައިވާއިރު، އިއްޔެގެ ނިޔަކަށް މާލެ ސަރަހައްދުން މުޅި ޖުމުލަ 7 މީހަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މި ލިއުމާއި ގުޅޭ