Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

ސަރުކާރު ހިންގުމުގައި ޒުވާނުންގެ ލަފާ ހޯދާ ބޯޑެއް ރައީސް އެކުލަވާލަނީ

ޒުވާނުންނަށް ގުޅޭ ކަންތައްތަކުގައި ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ލަފާއަރުވަން ޒުވާނުންގެ ބޯޑެއް އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކުރެއްވަމުން ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އެ ބޯޑުގެ މައިގަނޑު ބޭނުމަކަށްވާނީ ސަރުކާރުގެ ސިޔާސަތު އެކުލަވާލުމުގައި ޒުވާނުންގެ ވިސްނުމާއި އުއްމީދުތަކާއި ގުޅޭ ކަންތައްތަކުގައި ރައީސަށް ލަފާއެރުވުން ކަމަށެވެ.

ނާޒިމް ވިދާޅުވީ އެ ބޯޑަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެއް ކަމަށެވެ. ބޯޑުގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ޔުނިވާސިޓީ ދަރިވަރުން، ގައުމީ ލެވެލްގެ އެތްލީޓުން، އެންޖީއޯގެ މެމްބަރު، ފަންނުވެރިކަމުގެ ދާއިރާއިން ހޮވާލެވޭ މެމްބަރުން އަދި ސާނަވީ ސްކޫލުތަކުން ހޮވާލެވޭ ދަރިވަރުންނެވެ.

ބޯޑުގައި ހިމެނޭނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. ކޮންމެ ތިން މަހަކުން އެއް މަހު އެ ބޯޑުގެ ޗެއާކަން ރައީސް ބަލަހައްޓަވާނެއެވެ. އެ ނޫން ބައްދަލުވުންތަކުގައި ޗެއާ ކުރައްވާނީ ރައީސް ކަނޑައަޅުއްވާ މެމްބަރެކެވެ.

ނާޒިމް ވިދާޅުވީ ބޯޑުގެ މެމްބަރުން ރައީސަށް އަރުވާ ލަފާތައް ކެބިނެޓްގެ ފެންވަރުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި ކެބިނަޓަށް ޒުވާނުންނާ ގުޅޭ ގޮތުން ހުށަހެޅޭ ހުށަހެޅުންތަކަށްވެސް އެ ބޯޑުގެ މަޝްވަރާ ހޯދާނެ ކަމަށެވެ.

ބޭރުގެ ގައުމުތަކުގައި އޮންނަ ބައްދަލުވުންތަކުގައި އެ ބޯޑުގެ މެމްބަރުންނަށް ރައީސްއާ އެކު ބައިވެރިވުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ