Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ފެބްރުއަރީން ފެށިން ބޭރުގައި ކިޔާވަ ކުދިންގެ ޑޮލަރު ލިމިޓް އިތުރުކޮށްފި

ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ބޭންކު އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށް ޑޮލަރުގެ ނެގޭ އަދަދު އިތުރުކޮށްފައިވާކަން ސަރުކާރުން އިއުލާންކޮށްފިއެވެ.

ސަރުކާރުން އެކަން އިއުލާންކޮށްފައިވަނީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ނުވަ ހުށަހެޅުމެއް ހުށަހެޅިފައިވާ ކަމަށާއި އެ ހުށަހެޅުންތަކާއި މެދު ދިގު ބަހުސްތަކެއް ކުރެވި ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކެބިނެޓަށް ހުށަހެޅީ ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރުގެ ގޮތުގައި ނެގޭ އަދަދު އިތުރު ކުރުން ކަމަށެވެ.

ޑޮލަރު ލިމިޓްވެފައި އޮތުމަކީ ކިޔަވާ ކުދިންނަށް އުދަނގޫތަކަކާއި ކުރިމަތިލާން ޖެހޭ ކަމަކަށްވާއިރު އެކަމަށް ހައްލު ހޯދުމުގެ ގޮތުން ފެބްރުއަރީ މަހުން ފެށިގެން ޑޮލަރުގެ ގޮތުގައި 1200 ޑޮލަރު ނެގޭ ގޮތަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެކަމާއި ގުޅޭ ގޮތުން ނިންމަން ޖެހޭ ނިންމުންތައް ފިނޭންސް މިނިސްޓްރީން ބީއެމްލް އަދި އެމްއެމްއޭއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކާޑުން ޑޮލަރު ނެގޭ ލިމިޓް އުވާލުމަށާއި އުމުރުން 55 އަހަރާއި 65 އަހަރު ދެމެދުގެ މީހުން އަމިއްލައަށް ރިޓަޔާކުރުމުން ހާއްސަ އެލެވެންސެއް ދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

މި ލިއުމާއި ގުޅޭ