Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން މަރުވި ނޫސްވެރިންގެ އަދަދު 100 އަށް އަރައިފި

ޣައްޒާއަށް އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި އިތުރު ނޫސްވެރިޔަކު ޝަހީދުވެ، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މަރައިލި ނޫސްވެރިންގެ އަދަދު 100 އަށް އަރައިފިއެވެ.

ފަލަސްޠީނު ސަރުކާރުން ބުނެފައިވަނީ ޣައްޒާގެ ޝުޖައިޔާ ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި ނޫސްވެރިޔާ މުޙައްމަދު އަބޫ ހުވައިދީ ޝަހީދުވުމާއެކު، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭ ގޮތަށް 100 ނޫސްވެރިން ޝަހީދުވެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ރެކޯޑުކުރެވިފައިވާ ތާރީޚުގައި ނޫސްވެރިންނަށް އެންމެ ބޮޑަށް ނުރައްކާވި ހަމަލާތަކެވެ. އެމެރިކާގައި މަރުކަޒުވެފައިވާ ޖަމްއިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓު ޖާނަލިސްޓްސްއިން ބުނި ގޮތުގައި އެއް ތަނެއްގައި އެއް އަހަރެއްގައި އެންމެ ގިނަ ނޫސްވެރިން މަރައިލެވުނީ މިހާރު އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މަރުވި ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިންގެ ތެރެއިން ގިނަ މީހުންނަކީ ފަލަސްޠީނު ރައްޔިތުންނެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓު ޖާނަލިސްޓްސްއިން ބުރާސްފަތިދުވަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެ ޖަމްއިއްޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކަށް އަމާޒުކޮށް އިސްރާއީލު އަސްކަރިއްޔާއިން ހަމަލާތައް ދެމުންދާ ކަމަށެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަން ޕްރޮމޯޓުކުރާ އެ ޖަމްއިއްޔާއިން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި މަރުވި ނޫސްވެރިން މަރައިލެވުނު ގޮތުގެ ތަފުސީލު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ނަމަވެސް ޣައްޒާ ސުންނާފަތިވެފައި އޮތް މިންވަރުގެ ބޮޑުކަމުންނާއި، ނޫސްވެރިންގެ އާއިލާ މެންބަރުން މަރުވާތީ އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމުގައި އެޖަމްއިއްޔާއިން ބުންނޏެވެ.

މި ލިއުމާއި ގުޅޭ