Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

މިނިސްޓަރު ފައިޞަލް ލާމުގެ ހުރިހާ ރަށަކަށް: ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކައުންސިލުތަކާއެކު މަޝްވަރާކުރެއްވި

ހަފުތާ ބަންދުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް ލ.އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ހަފުތާގެ ބަންދުގައި ސަރުކާރުގެ މިނިސްޓަރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑުއައްސަވައިފައެވެ.

މި ދަތުރުފުޅުތަކުގެ މަގުސަދަކީ ސަރުކާރާއި ގާތް ގުޅުމެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކާއި މުޖުތަމައުތަކާ ގުޅުން ބަދަހިކުރުމެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުން ފިލުވައި އެކަންކަމަށް ހައްލު ގެނެސްދިނުމެވެ.

އެގޮތުން މިނިސްޓަރު ފައިޞަލް ވަޑައިގެންނެވީ ލާމު އަތޮޅަށެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގައި ވަނީ ލާމުގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި މި ހުރިހާ ރަށްތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި މިނިސްޓަރ ފައިޞަލް ވަނީ ލޯކަލް ޓޫރިޒަމާ ގުޅޭ ގޮތުން ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހިއްސާވާ އެއްބާރުލުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

 • ވަޑައިގެންނެވި ރަށްތައް:
 • * ފޮނަދޫ
 • * ގަން
 • * ކުނަހަންދޫ
 • * ހިތަދޫ
 • * މާމެންދޫ
 • * ކަލައިދޫ
 • * އިސްދޫ
 • * ދަނބިދޫ
 • * މާބައިދޫ
 • * މުންޑޫ
 • * މާވަށް

މީގެއިތުރުން ލޯކަލް ޓުއަރިޒަމަށް މަގުފަހިކޮށްދީ މި ދާއިރާ ކުރިއެރުވުމަށް މިނިސްޓްރީން ރާވާފައިވާ ޕްލޭންތަކާއި ހަފުތާ 14 ގައިވާ ކަންކަމާ ގުޅޭގޮތުން ކައުންސިލުތަކާ މަޝްވަރާކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ