Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

އިންޑިއާގެ 300 އަށްވުރެ ގިނަމީހުން ވަގަށް އެމެރިކާއަށް އެތެރެވާން އުޅެނިކޮށް ފްރާންސުން ހިފަހައްޓައިފި

ޤަވާއިދާއި ޚިލާފަށް އެމެރިކާއަށް އެތެރެވާން މަސައްކަތްކުރި އިންޑިއާގެ 300 އަށްވުރެ ގިނަމީހުން ފްރާންސުން ހިފަހައްޓައިފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މި މަތިންދާ ބޯޓު ފްރާންސްގައި ހިފަހައްޓާފައިވަނީ، ފަސިންޖަރުން ނާޖާއިޒު ގޮތުގައި އިންސާނީ ވަގުފާރީގެ ހަރަކާތްތައް ހިންގާފާނެ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ޕެރިސްގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި އެ ފަސިންޖަރުންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ މީހުން ކަމަށް ބެލެވޭތީ، ބުރާސްފަތި ދުވަހު ވަނީ މަތިންދާ ބޯޓު ހިފަހައްޓައިފަ އެވެ.
ޓްރެފިކިންގެ ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނޭޝަނަލް އެންޓި އޯގަނައިޒްޑް ކްރައިމް ޔުނިޓް ކަމަށްވާ ޖުނާލްކޯއާ މިހާރު އެމައްސަލަ ތަހްޤީޤު ކުރުމަށް ހަވާލުކޮށްފި ކަމަށް ފްރާސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ.
ފްރާންސްގެ އިރުއުތުރުގައި ހުންނަ މާނޭ ޑިޕާޓްމަންޓުގެ ޕްރިފެކްޗާއިން ހާމަކޮށްފައިވާ ގޮތުގައި ރޫމޭނިއާގެ ކުންފުންޏެއް ކަމަށްވާ ލެޖެންޑް އެއާލައިންސް އިން މެނޭޖްކުރާ އޭ340 މަތިންދާބޯޓު މިހާރު އޮތީ ފްރާންސްގެ ވަޓްރީ އެއާޕޯޓުގައި ގްރައުންޑްކޮށްފައެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެބޯޓް ފްރާންސް ފުލުހުން ހިފެހެއްޓީ ބޯޓަށް ތެޔޮއަޅަން ފްރާންސްގައި މަޑުކުރި ކުރުމުގެ ތެރެއިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ބޯޓުގައި ތިބި އިންޑިއާގެ 303 މީހުންނަކީ އެމެރިކާ ނުވަތަ ކެނެޑާއަށް ގަވައިދާ ހިލާފަށް އެތެރެވާން އުޅުމުގެ މަގުސަދުގައި ސެންޓްރަލް އެމެރިކާއަށް ދިއުމަށް ރާވާފައިވާ މީހުންނެވެ.
މި މައްސަލައިގެ ތަހުގީގަށް ފަހު އަތުލައިގަތް މި ފަސިންޖަރުން އެމީހުންގެ ރޭވިފައިވާ މަންޒިލްތަކާއި ދަތުރުގެ ބާވަތާ ގުޅޭ ގޮތުން އެއްބާރުލުން ދެމުން އަންނަ ކަމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މި ލިއުމާއި ގުޅޭ