Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާބަންކޯ

ރަސްމާލޭގެ ބިން ހިއްކަނީ ހުޅުމާލެއާއި ރަސްމާލެއިން ޖުމްލަ 70 ހެކްޓަރު ސީއެމްސީއަށް ދީގެން

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ފުށިދިއްގަރު ފަޅީގައި ހިއްކަނީ، އެބިން ހިއްކާ ކުންފުނިކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ބަދަލުގެ ގޮތުގައި ދީގެންކަން އެ މަޝްރޫޢު ހިންގާ އާބަންކޯއިން ހާމަކޮށްފިއެވެ.

މިއަދު އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ ރަސްމާލެ މަޝްރޫޢު ހިންގުމަށް ސަރުކާރުން އަދި އާބަންކޯއިންވެސް ފައިސާ ޚަރަދުނުކުރާ ކަމަށެވެ. ފައިސާ ޚަރަދުކުރުމުގެ ބަދަލުގައި ނިންމާފައިވަނީ އެ މަޝްރޫޢު ތަންފީޒުކުރާ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ދީގެން ކަމަށެވެ.

ސީއެމްސީއަށް އާބަންކޯއިން ދޭ ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވަނީ ހުޅުމާލެއިން ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. އެ ބިންތައް ސީއެމްސީން ބޭނުންވާ ގޮތަކަށް ވިއްކުމުގެ ހުއްދަ އެ ކުންފުންޏަށް ދިން ނަމަވެސް އެ ބިންތައް ވިއްކަންޖެހޭނީ ހުޅުމާލޭގެ މާސްޓާ ޕްލޭނާ ފުށުނާރާ ގޮތެއްގައި ކަމަށެވެ.

އެ ކުންފުންޏަށް ދޭން ނިންމާފައިވާ 70 ހެކްޓަރުގެ ބާކީ ބައި ދިނުމަށް ނިންމާފައިވަނީ ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިންނެވެ. އެގޮތުން އެ ކުންފުންޏަށް ރަސްމާލޭ ބިމުން ޖުމްލަ 60 ހެކްޓަރުގެ ބިން ދޭނެއެވެ.

ފަޒުލް ދެއްކެވި ވާހަކަފުޅަށް ބަލާއިރު ސީއެމްސީސީއަށް ދޫކުރަން ނިންމާފައިވާ ބިންތައް ދޫކުރަނީ ރަސްމާލެ ތަރައްޤީކުރުމަށް ހޭދަވާނެކަމަށް ބެލވޭ 50 އަހަރުގެ މުއްދަތަށް ކަމަށެވެ.

ފަޒުލް ފާހަގަކުރެއްވި ގޮތުގައި އެ މަޝްރޫޢަކީ އެ މަޝްރޫޢު ކުރިއަށްދާ މިންވަރަކުން ސީއެމްސީސީއަށް އެ މަޝްރޫޢުގެ ބަދަލުގައި ދޭން ނިންމާފައިވާ ބިންތައް ދޭ އުސޫލުން ހިންގާ މަޝްރޫޢެއް ކަމަށެވެ. އަދި އެ މަޝްރޫޢުގެ ސަބަބުން އާބަންކޯގެ ކޭޝްފްލޯއަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އަދި އާބަންކޯއިން ދޫކުރާ 70 ހެކްޓަރުގެ ބިމުގެ ބަދަލުގައި އެ ކުންފުންޏަށް ޖުމްލަ 1090 ހެކްޓަރުގެ ބޮޑު ބިމެއް އެ ކުންފުނީގެ ހަރުމުދަލަށް އިތުރުވާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

އާބަންކޯއިން ހުޅުމާލޭ ބިމުން ދޫކުރާ 10 ހެކްޓަރުގެ ބިން ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރަމުންދާނީ އެކުންފުނީގެ އެކްސްކްރޯ އެކައުންޓަކަށް ކަމަށާއި، ސީއެމްސީއަށް އެއިން ފައިސާ ދޫކުރާނީ ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫޢު ކިރިއަށްދާ މިންވަރަކުން ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ