Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރަން މަސައްކަތްކުރާނަން: ފައިސަލް

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރަން މަސައްކަތްކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ވިދާޅުވުމަސްފަހު ބޭއްވި ރަސްމިޔާތުގައެވެ.

އެގޮތުން، ރާއްޖެއަކީ ފަތުރުވެރިން ލޯބިކުރާ މަންޒިލަކަށްވުމުން، ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް، ފަތުރުވެރިން އަންނަ މިންވަރު އިތުރުވިއަސް، ރާއްޖެއަށް އޭގެ ސަބަބުން އެތެރެވާ އާމްދަނީ އިތުރުނުވާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އެކަން ހައްލު ކޮށް މައްސަލަ ދެނެގަތުމަށްޓަކައި ރޭވިގެން، ސްޓްރެޓަޖިކް ދިރާސާތަކެއް ކުރައްވާނެކަމަށް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ތަފްސީލުކޮށް މައްސަލަ ދެނެގަނެވުމުން، އެ މައްސަލަ ހައްލުކޮށޤ ރާއްޖެއަށް އެތެރެވާ އާމްދަނީ އިތުރުކުރުމަށްޓަކައި އެވުޒާރާއިން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު ގެސްޓުއައުސްތަކާއި ރިސޯޓުތަކަކީ ވަކިން އޮތް 2 މާކެޓުކަމަށާއި، އެ 2 މާކެޓަށް ދާ ފަތުރުވެރިން ރުފިޔާ ހޭދަކުރާ މިންވަރާއި ގޮތްވެސް ތަފާތުކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެގޮތުން، ރިސޯޓުތަކަށް ދާ ފަތުރުވެރިންނަކީ އާނމުގޮތެއްގައި މުއްސަނދި ފަތުރުވެރިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް، ގެސްޓުހައުސްތައް ހިޔާރުކުރާ ފަތުރުވެރިންނަކީ ރާއްޖޭގައި ދެތިންރޭ މަޑުކުރުމަށްފަހު އެނބުރިދާމީހުންކަމަށް މިނިސޓަރ ފައިސަލް ވިދާޅުވިއެވެ.

ގެސްޓުހައުސްތަކަށް އަންނަ މީހުންނަކީ ބެކްޕެކްކޮށް އައިސް، ދެ ރޭ، ތިން ރޭ މަޑުކޮށްލާ. އެ ތަފާތު ކަންނޭންގެ އެ އުޅެނީ އަސްލު
މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ

މިނިސްޓަރގެ ވާހަކަފުޅާއި ގުޅުވައި އެ ރަސްމިޔާތުގައި ބައިވެރިވި އެމްއެމްޕީއާރުސީގެ އާ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވީ، އެކަންކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް އިޝްތިހާރުކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދަން ނިންމަވާފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ