Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަ ޑިމޮކްރެޓްސް

މުސާރަތައް ބޮޑުކުރުމާ ދެކޮޅަށް ޑިމޮކްރެޓްސް އިން ތްރީލައިން "ރެޑް" ވިޕް ނެރެފި

ސިޔާސީ މީހުންގެ މުސާރަތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި، ދަ ޑިމޮކްރެޓްސް ގެ ޕީޖީ ގްރޫޕުން ތްރީލައިން "ރެޑް" ވިޕެއް ނެރެފި އެވެ.
މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމި ވެރިންގެ ތެރޭގައި ރައީސާއި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި ކެބިނެޓް ވަޒީރުން ހިމެނެ އެވެ.
އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނާއި މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރަން ވަނީ ހިމަނާފަ އެވެ.
އެ ނިންމުމާ ގުޅިގެން ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތް އެންމެ ރަނގަޅަށް އޮޅުންފިލައި ތިބެމެ، ދައުލަތުގެ ވެރިންނާއި މެންބަރުންނާއި ހުރިހާ ސިޔާސީ މީހުންގެ މުސާރަ އިތުރަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމުމަކީ ލަދުވެތި އަދި ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެހެންވެ، މި ދަނޑިވަޅުގައި ސިޔާސީ މީހުންގެ މުސާރަތައް ބޮޑުކުރަން ތާއީދު ނުކުރާކަން ހާމަކޮށް ޑިމޮކްރެޓްސް އިން ވަނީ އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ.
"ދަ ޑިމޮކްރެޓްސް ޕާލަމެންޓްރީ ގްރޫޕުން މާލިއްޔަތު ކޮމިޓީގެ މި ނިންމުމާ ދެކޮޅު ހަދަމެވެ. އަދި ނިންމުން ބަލައިނުގަނެ އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ރައީސަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
"އަދި މި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ފުރަތަމަ ތްރީލައިން "ރެޑް" ވިޕް،.. ހާލަތްތަކަށް ރިއާޔަތްނުކޮށް ސިޔާސީ މީހުންގެ މުސާރަތައް ބޮޑުކުރުމާ ދެކޮޅަށް މި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ އިއްތިފާގުން ނެތެފައިވާ ވާހަކަވެސް ދަންނަވަމެވެ."
ދައުލަތުގެ ވެރިންގެ މުސާރަތައް ވަރަށްބޮޑަށް ބޮޑުކުރަން، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން ނިންމުމާ ގުޅިގެން ގިނަ އާންމުންގެ ކަންބޮޑުވުމާ ފާޑުކިޔުން އަމާޒުވެފައިވާއިރު މުސާރަތައް ބޮޑުކުރަން ސަރުކާރުން ވެސް ތާއީދު ނުކުރާކަން ރައީސް އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
އަދި ސަރުކާރުގެ މަޝްވަރާއެއް ހޯދުމެއް ނެތި، ދައުލަތުގެ އިސްވެރިންގެ މުސާރައަށް އިތުރުކުރަން ނިންމާފައިވާ ބައި އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
މި ލިއުމާއި ގުޅޭ