Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ވެރިންގެ މުސާރަތައް ބޮޑުކޮށްގެން ނުވާނެ، އެކަން ވިޔަކަ ނުދޭނަން: އާޒިމް

މި ދަނޑިވަޅުގައި ދައުލަތުގެ ވެރިންގެ މުސާރަތައް ބޮޑުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރި އަދި މެދުހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް އެކަމާ ދެކޮޅަށް ނުކުންނަވައިފި އެވެ.
ރައީސާއި ނައިބު ރައީސާއި ދައުލަތުގެ ވަޒީރުންނާއި، އިތުރު އިސް މަގާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އެ ނިންމުމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ވެރިންގެ މުސާރަތައް ބޮޑުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ގައުމު މިދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށެވެ. އަދި އެގޮތަށް މުސާރަތައް ބޮޑުކުރިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަދަ ދަނޑިވަޅެއްގައި ތިޔަކަންކަން ކޮށްގެން ނުވާނެ. ތިކަމެއް ނުކުރެވޭނެ، ވިޔަކަށް ނުދޭނަން. ގައުމު މިދަނީ ބަނގުރޫޓުވުމާ ދިމާލަން،" ވެރިންގެ މުސާރަތައް ބޮޑުކުރުމާ ދެކޮޅު ހައްދަވައި އާޒިމް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީން އިއްޔެ މުސާރަ ބޮޑުކުރަން ނިންމި ވެރިންގެ ތެރޭގައި ރައީސާއި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ވަޒީރުންނާއި މޭޔަރުން، ކައުންސިލަރުންވެސް ހިމެނެއެވެ. އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވެސް އޮތީ ހިމަނާފަ އެވެ.

މުސާރައަށް ގެންނަން ނިންމާފައިވާ ބަދަލުތައް:

  • - ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ.
  • - ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.
  • - މިނިސްޓަރުން - 72،000ރ.
  • - ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.
  • - މަޖިލީހުގެ ރައީސް - 90،000ރ.
  • - މަޖިލީހުގެ ނައިބު ރައީސް - 88،000ރ.
  • - އުއްތަމަ ފަނޑިޔާރު - 91،000ރ.
  • - އެމްއެމްއޭ ގަވަރުނަރު - 74،000ރ.
  • - އޮޑިޓާ ޖެނެރަލް - 74،000ރ.
  • - ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.
މަޖިލިސް މެންބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރުމުން، ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް އިތުރަށް މަހަކު ލިބޭ 20،000 ރުފިޔާއެކު މެންބަރުންނަށް މަހު މުސާރާއިގެ ގޮތުން 100،000 ރުފިޔާ ލިބޭނެ އެވެ.
މުސާރައަށް އެ ބަދަލުތައް ގެންނަން ކޮމިޓީން އިއްޔެ ނިންމި ނަމަވެސް ރައީސާއި ނައިބު ރައީސްގެ މުސާރައިގެ އަދަދު ވަކި ގޮތަކަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ އެކަމަށް އިސްލާހު ގެނައުމަށް ލަފާދިނުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
މި ލިއުމާއި ގުޅޭ