ސަރުކާރުން ބުނީ އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވަނީ ހާއްސަ ކޮމިޓީ އެއް އެކުލަވާފައި ކަމަށެވެ.
އެ ކޮމިޓީ ހިނގަމުންދާނީ އަނިލްގެ ބެއްލެވުމުގެ ދަށުންނެވެ. މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަހުމަދު މުޖުތަބާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަހުމަދު ޝިއާންއެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ނިމިދިޔަ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަންއާއި އަމަލުކުރައްވާފައިވާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނާއިބު ނިންމަވާފައިވާ ކަމަށެވެ.
އަދި މިމަސައްކަތް ނިމުމުން މިކަމާބެހޭ މައުލޫމާތު އާންމުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.