Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުށިދިއްގަރު ފަޅު

ރަސްމާލެ ހިއްކާނީ 2 ފިޔަވައްސަކަށް ބަހައިލައިގެންކަމަށް އާބަންކޯއިން ބުނެފި

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިޔަށް ދާނީ 2 ފިޔަވައްސަކަށް ބަހައިލައިގެންކަމަށް އާބަންކޯއިން ބުނެފިއެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް "ރަސްމާލެ"ގެ ނަމުން ނަންދީފައިވާ ތަން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ދާނީ 2 ފިޔަވައްސަކަށް ބަހައިލައިގެންކަމަށް އެ ފަޅު ޑިޒައިން ކުރުމާއި އެ މަޝްރޫއު ކުރިޔަށް ގެންދިއުމާ ހަވާލުވި އާބަންކޯއިން މައުލޫމާތު ދީފައިވެއެވެ.

ރަސްމާލެއިން 1،153 ހެކްޓަރގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށޤފައިވަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއެވެ. އެގޮތުން، އެ ފަޅު ހިއްކާނީ ދުނިޔޭގެ މާކެޓުގައި ނަން މަޝްހޫރު ބޮސްކާލިސް ވެސްޓްމިނިސްޓަރ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުންކަމަށް އާބަންކޯއިން މައުލޫމާތުދީފައިވެއެވެ.

ބޮސްކާލިސް ކުންފުނިން ދުނިޔޭގެ އެތައް ކަންކޮޅެއްގައި ކޮންސްޓްރަކްޝަން އެތައް މަސައްކަތެއް ކޮށްފައިވެއެވެ. އެ ކުންފުނިން ކޮށްފައިވާ އެންމެ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، އެމްއައިއޭގެ ބިން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު 1.5 ބިލިއަން ޔޫރޯ އަށް އަރާކަމަށް ލަފާކުރެވެއެވެ.

ރަސްމާލެ ހިއްކާނީ ރާއްޖޭގެ އެހެން ރައްތަކާއި ހިލާފަށް މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ވީހާވެއް ކުޑަވާނެހެން ހުޅުމާލޭގެ އުސްމިނަށްވުރެއް 0.5 މީޓަރު އުސްކޮށް ކަޑުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނެއްގައިކަމަށް ބޮސްކާލިސް ކުންފުނިން ބުނެފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުކަމަށްވާ، ތަރައްގީ ކުރެވޭ ރަސްމާލެ އަކީ، ފޭސް 2 ހިމަނައިގެން ހުޅުމާލެއަށް ވުރެއް 3 ގުނަ ބޮޑު ސަރަހައްދެއްކަމަށްވާއިރު، ރަސްމާލޭގައި، ގާތްގަނޑަކަށް 240،000 އަށްވުރެއް ގިނަ މީހުން އާބާދު ކުރެވޭނެކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ