Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ

މަންމައަށް ހަމަލާދިނީ ނަފްސާނީ ބައްޔެއް ހުންނަ ދަރިފުޅު: ފުލުހުން

މަންމައަށް ހަމަލާދިން ދަރިއަކީ ނަފްސާނީ ބައްޔެއް ހުންނަ ދަރިއެއްކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓު 13 ގައި ދަރިއަކު އަމިއްލަ މަންމައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފައިވެއެވެ. މިވަގުތު އެ އަންހެނާ އޮތީ، ލިބުނު އަނިޔާއަށް ފަރުވާކުރުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި ބާއްވާފައެވެ.

ފުލުހުން މަޢުލޫމާތުދިން ގޮތުގައި، އެ ފިރިހެނަކީ އުމުރުން 25 އަހަރުގެ ދިވެހި ޒުވާނެކެވެ. އަދި، އައިޖީއެމްއެޗް ގެ ނަފްސާނީ ބަލިތަކާއި ބެހޭ ޑޮކްޓަރުންގެ އެހީގައި އެ ޒުވާނާއަށް ފަރުވާހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ފުލުހުުން ބުނެފައިވެއެވެ.ެ ހަމަލާދިންކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ނަފްސާނީ ފަރުވާގެ ކަންކަން ކުރިޔަށްދަނީ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ 51 އަހަރުގެ އަންހެނަކަށެވެ. އަދި، ލިބުނު އަނިޔާގައި އެ އަންހެނާގެ ހާލު ސީރިއަސްވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ހުޅުމާލޭގައި ރޭ މަންމައަށް ދިން ހަމަލާއަކީ އާއިލީ މައްސަލައެއް ޖެހުމުން ދިން ހަމަލާއެއްކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ