Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިނގިރޭސިވިލާތް

އިނގިރޭސިވިލާތުގައި ގެއްލުނުތާ 6 އަހަރު ފަހުން ކުއްޖަކު ގެއަށް އަނބުރާ އަތުވެއްޖެ

އިނގިރޭސިވިލާތުގައި ގެއްލުނުތާ 6 އަހަރު ފަހުން ކުއްޖަކު ގެއަށް އަނބުރާ އަތުވެއްޖެއެވެ.

6 އަހަރު ވަންދެން ގެއްލިގެން ހޯދަމުންދިޔަ އިނގިރޭސި ފިރިހެން ކުއްޖަކު ފަރަންސޭސިވިލާތުން ފެނުމުން، ސަލާމަތުން އަނބުރާ އިނގިރޭސިވިލާތަށް ވައިގެ މަގުން ޖައްސާފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

6 އަހަރަށް ފަހު އެލެކްސް އިނގިރޭސިވިލާތަށް ސަލާމަތުން އެނބުރި އައިސްފި ކަމަށް ބުނުމަކީ އަހަންނަށް ވަރަށް ބޮޑު އުފަލެއް،
މެންޗެސްޓާ ޕޮލިސްގެ އެސިސްޓެންޓް ޗީފް ކޮންސްޓަބަލް މެޓް ބޮއިލް ވިދާޅުވިއެވެ

ސަރަހައްދީ އިދާރާއަކުން މައުލޫމާތު ދިންގޮތުން، އެލެކްސް ބެޓީ 2017 ވަނަ އަހަރު އޭނާގެ މަންމަ މެލާނީ ބެޓީ އާއި ކާފައާއެކު ސްޕެއިންގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް އައިސްފައެއް ނުވެއެވެ.

އުމުރުން 17 ފުރިފައިވަނިކޮށް އެލެކްސް ފެނިފައިވަނީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނު ފްރާންސްގެ ސިޓީއެއްގެ ކައިރިންކަމަށް ސަރަހައްދީ އިދާރާއަކުން ވިދާޅުވިއެވެ.

އެގޮތުން، މިދިޔަ ބުދަދުވަހު އެލެކްސް ފެނިފައިވަނީ، ފްރާންސްގެ މޮޓޯރިސްޓެއް ކަމަށްވާ ފަބިއަން އެސިޑިނީއަށެވެ. މީސްމީޑިއާއަށް ހަބަރުދެއްވާ އޭނާ ބުނީ އެ ކުއްޖާ މިދިޔަ ދެ އަހަރު ދިރިއުޅެމުން އައީ އެގައުމުގެ "ރޫޙާނީ މުޖުތަމައު" (ސްޕިރިޗުއަލް ކޮމިއުނިޓީ) އެއްގައިކަމަށެވެ.

އެލެކްސް އަލުން އުޅޭނެ ކަމަށް ބެލެވެނީ، މެންޗެސްޓާގައި ދިރިއުޅޭ އެ ކުއްޖާގެ ބެލެނިވެރިޔާކަމަށްވާ އޭނާގެ ކާފަ ސޫޒަން ކަރޫއާނާއާއެ އާއި އެކުގައެވެ.

މި ލިއުމާއި ގުޅޭ