Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި، ހާލު ސީރިއަސް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލެޓެއް ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލު ނޫސްވެރިންނަށް މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި އަންހެނަކަށް ވަޅިއަކުން ހަމަލާދިންކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު އިރުއޮއްސި 6:50 ގައެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާގައި އަންހެންމީހާއަށް އަނިޔާވެފައިވެއެވެ. އަދި އެ އަނިޔާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހަމަލާގައި އަނިޔާވި އަންހެންމީހާއަކީ އުމުރުން 51 އަހަރުގެ އަންހެނެއް ކަމުގައި ފުލުހުން ބުންޏެވެ. އެ ހަމަލާގައި ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މިހާތަނަށް ފުލުހުން ބެލި ބެލުމުން އެނގިފައިވަނީ އެ ހަމަލާދީފައިވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ދަރިއަކު އޭނާގެ މަންމައަށް ކަމަށެވެ.

ފުލުހުންގެ އިދާރާއިން އިތުރަށް ބުނީ މި މައްސަލަ އިތުރަށް އަންނަނީ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިއުމާއި ގުޅޭ