Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޒަކާތު ފަންޑު

ޒަކާތުގެ ކަންކަން ހިންގުމަށް ޒަކާތު ހައުސް އުފައްދަވައިފި

ޒަކާތުގެ ކަންކަން މެނޭޖުކުރުމަށް ޚާއްޞަ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި އިދާރާ ޤާއިމުކުރެއްވި ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ މަންފާ އިތުރުކޮށް، ޒަކާތުގެ ހައްގުވެރިންނަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުގެ ނިޒާމާއި ފަންޑު އިތުރަށް ކުރެއެރުވުމަކީވެސް މި އިދާރާގެ މަޤުޞަދެއް ކަމަށެވެ.

ޒަކާތުގެ ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ބެހެނިވެރިންނަށް ޒަކާތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޮންމެ މަހަކު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާއި އަދާހަމަކުރުން ހިމެނޭނެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ވިދާޅުވެފައިވަނީ ފަޤީރުކަން ނައްތައިލުމުގައި ޒަކާތުގެ ބޭނުންތެރިކަން ވަރަށް ބޮޑުކަމަށާއި، ޒަކާތު ހައުސްއާއި ޒަކާތާ ބެހޭ ޚާއްޞަ ޤާނޫނެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުން އިންވެސްޓުކޮށް މަންފާ އިތުރުކޮށް، އެ މަންފާއިން އެހީތެރިކަން ޙައްގުވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ.

ޒަކާތު ހައުސް ޤާއިމުކުރެއްވުމާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ފަށައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕުލޭން ހަފުތާ 14ގައި ހިމަނުއްވައިގެން ތަންފީޒުކުރެއްވި ކަމެކެވެ.

މި ލިއުމާއި ގުޅޭ