ޔޫއޭއީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސްއާ ގުޅިގެން ބައެއް ހިދުމަތްތައް ދިނުމަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުމުން ޔުނިފައިޑް ޓިކެޓިން ސިސްޓަމާއެކު އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރެވިގެންދާނެ ކަމަށެވެ.
އަދި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ދެ އެއާލައިން ގުޅިގެން މަސައްކަތްކުރާނެ ކަމަށާއި މޯލްޑިވިއަންގެ 17 މަންޒިލަކަށް ދަތުރު ކުރަން، އިއްތިހާދުން ދަތުރު ކުރާ މީހުންނަށް ފަސޭހަވާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަން ކޮމާޝަލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، އެ އިންޓަލައިން އެގްރީމެންޓާއެކު، އިއްތިހާދު އެއާވޭސް އިން ފަސޭހަކަމާ އެކު މޯލްޑިވިއަންގެ ދަތުރުކުރާ މަންޒިލްތަކަށް ވެސް ދެވޭނެ ކަމަށެވެ.
އިއްތިހާދު އެއާވޭސްގެ ޗީފް ރެވެނިއު އޮފިސާ އެރިކް ޑޭ ވިދާޅުވީ، އެ އެއްބަސްވުމާއެކު ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަވެ، މިހާރަށްވުރެ ފަސޭހައިން ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ އެވެ.