Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިންނަށް ގޯނާކުރުން

ޔުނާން ދޫކޮށްލި މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކުރަނީ

ކުޑަކުދިންތަކަކށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުއްޓައި ހުޅުމާލޭ ކޯޓުން ބަންދުން ވީއްލި މުޙައްމަދު ޔުނާނު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

އަމިއްލަ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެގެން ޔުނާންއާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ދެ މީހުން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރީ 14 އޮކްޓޫބަރު 2020 ވަނަ ދުވަހުއެވެ.

މިފަދައިން އަމުރުކޮށްފައިވަނިކޮށް ރިހުލާ ބަނޑުބޮޑުވުމުން އޭނަ ގޭ ބަންދަށް ބަދަލުކުރުމަށް ނިންމީ މި އަހަރުގެ މާޗު މަހުގައެވެ. ރިހުލާ ގެއަށް ބަދަލުކޮށްފައިވަނިކޮށް ޔުނާނު ބަންދުން ވީއްލުމަށް ހުޅުމާލޭ ކޯޓުން ނިންމައި އޭނާ މިނިވަންކުރީ ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.

މި މައްސަލާގައި "ދިޔަރެސް"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާން ޕަބްލިކް ޕްރެސެކިއުޓާ އަޙްމަދު ޝަފީޢު ވިދާޅުވެފައިވަނީ އެ މައްސަލަ އިސްތިއުނާފުކުރަން ހައިކޯޓަށް މާދަމާގެ ވަގުތެއްގައި ހުށަހަޅާނެ ކަމަށެވެ.

ޔުނާނާއި ރިހުލާގެ މައްޗަށް އުފުލި ބޮޑެތި ދައުވާތަކުގެ ޝަރީޢަތް މިހާރުވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ.

ޔުނާނުގެ މައްޗަށް އުފުލި ދައުވާތައް

  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ 2 ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
  • އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާ

ރިހުލާގެ މައްޗަށް އުފުލި ދައުވާތައް

  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ
  • އޮރިޔާންކާޑު ގެންގުޅުމުގެ ދެ ދައުވާ

މި މައްސަލާގައި ޔުނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 110 އަހަރާއި 133 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ސާބިތުވާނަމަ 50 އަހަރާއި 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ލިއުމާއި ގުޅޭ