Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

ޣައްޒާގެ ކަނީސާއެއްގައި ކްރިސްޓިއަން އަންހެނެކާއި އޭނާގެ ދަރިފުޅު އިސްރާއީލުން ޤަތުލުކޮށްފި

ޣައްޒާގައި ހުންނަ ކެތޮލިކް ކަނީސާއެއްގެ ތެރޭގައި އިސްރާއީލު ސިފައިންގެ މީހަކު ކްރިސްޓިއަން އަންހެނަކާއި އޭނާގެ އަންހެން ދަރިފުޅަށް ބަޑިން ހަމަލާދީ މަރާލާފައިވާކަމަށް ލެޓިން ޕެޓްރިއަކާޓޭ އޮފް ޖޫރުސަލެމްއިން ބުނެފިއެވެ.

ޕެޓްރިއަކާޓޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ފެށިފަހުން ޣައްޒާގެ މަސީހީން ހިޔާވަހިކަން ހޯދަމުން އައި ހޮލީ ފެމިލީ ޕެރިޝް ކަނީސާގެ ތެރެއަށް އިސްރާއީލު އަސްކަރިއްޔާގެ ސްނައިޕަރަކު ދިން ހަމަލާތަކުގައި މަސީހީ ދެ އަންހެނަކު މަރާލާފައިވާ ކަމަށެވެ.

ކަނީސާގެ ތެރޭގައި ހުންނަ އަންހެނުންނަށް ޚާއްޞަ ބައަށް ހިނގާފައި ދަނިކޮށް ނާހިދާއާއި އޭނާގެ ދަރިފުޅު ސަމަރަށް އިސްރާއީލު ސިފައިންގެ މީހާ ސްނައިޕަރު ބަޑިން ހަމަލާދީ މަރައިލިއިރު، އެއިން އެކަކު މަރުވީ ދެން ހުރި އަންހެންމީހާ ރައްކާތެރި ހިސާބަކަށް ގެންދަން މަސައްކަތްކުރަނިކޮށް ކަމުގައި ޕެޓިއަރިއަކާޓޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި އިސްރާއީލުގެ ސިފައިންގެ ހަމަލާތަކުން އެހެން މީހުން ސަލާމަތްކުރަން މަސައްކަތްކުރި 7 މީހަކަށް މި ހަމަލާތަކުގައި އެކިވަރުގެ އަނިޔާތައް ލިބުނެވެ.

ޣައްޒާގައި ހުންނަ ހަމައެކަނި ކެތޮލިކް ކަނީސާގެ ތެރޭގައި ހިނގި މިކަންކަމާ ގުޅިގެން އިސްރާއީލު އަސްކަރިއްޔާގެ ބަހެއް ހޯދުމަށް ބައިނަލްއަޤުވާމީ މީޑިއާއިން މަސައްކަތްކުރި ނަމަވެސް މިކަމާމެދު އިސްރާއީލު އަސްކަރިއްޔާއިން އެއްވެސް ބަހެއް ނުބުނެއެވެ.

ޕެޓްރިއަކާޓޭއިން ބުނި ގޮތުގައި ކަނީސާގެ ތެރޭގައި ތިބި މީހުންނަށް ހަމަލާ ދޭން ފެށުމުގެ ކުރިން އިސްރާއީލު ސިފައިން އެއްވެސް ކަހަލަ އިންޒާރެއް ދީފައިނުވެއެވެ. "އަދާވާތްތެރިއަކު ނެތް ކަނީސާގެ ތެރެއަށް ހަމަލާދީ އެ މީހުން މަރައިލީ އެއްވެސް ބިރެއް ނެތި،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުގައި ޙަމާސްއިން ދިން ހަމަލާގެ ރައްދުގައިކަމަށް ބުނެ އެތައް މަހަކަށް ދެމިގެން ދިޔަ އުދުވާނު އިސްރާއީލުން ފަށައި، ގިނަ ބަޔަކު ޝަހީދުކޮށްލައި، ޣައްޒާ އެކީ ބަންދުކޮށް ވައިގެ މަގުންނާއި އެއްގަމުގެ މަގުން އެ ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.

މި ލިއުމާއި ގުޅޭ