Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކުރީ ސަރުކާރުން ކްރޫޒު ލައިނާ ގުޅޭ ގޮތުން ހެދި ގަވާއިދު އިސްލާހު ކުރާނަން: މިނިސްޓަރު

ކުރީ ސަރުކާރުން ކްރޫސް ޝިޕްތަކުން ނަގާ ޓެކްސް ބޮޑުކުރުމުން ފަސިންޖަރުން ތިބޭ ކޮންމެ ކޮޓަރިއަކުން 16 އިންސައިގެ ޖީއެސްޓީ ނެގޭ ގޮތައް ހަދާފައިވާ ގަވާއިދު އިސްލާހު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކްރޫޒް ލައިނާއެއްގެ ދަތުރު ކެންސަލްކުރުމާއެކު، އެކަން އެހެން ދިމާވީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޓެކްސްއެއް ދައްކަންޖެހޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލާއި ގުޅިގެން ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޗް އެޖެންޓްސް (މާޔާ)އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ އެސޯސިއޭޝަނުގެ ކަންބޮޑުވުންތައް ހާމަކުރީ 'އެމްއެސް ފްރެޑް އޮލްސެން ބޮލެޓް' ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދެ ދަތުރެއް ކެންސަލް ކުރުމުންނެވެ. އެ ކްރޫޒްލައިނާއިން މީގެ ކުރިން އޮތީ ހއ. އަތޮޅަށް މާދަމާ ފުރަތަމަ ދަތުރު ކުރާ ގޮތަށެވެ. އަދި އަންނަ ހޯމަ ދުވަހު އައްޑުއަށް ދަތުރު ކުރުމަށްވެސް އޮތީ ހަމަޖެހިފައެވެ.

ނަމަވެސް އެ ދަތުރުތައް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް މާޔާއިން ބުންޏެވެ.

އެކަމާއި ގުޅޭ ގޮތުން ލިޔެފައިވާ ހަބަރެއް އެކްސްގައި ހިއްސާކުރައްވާ މިނިސްޓަރު ފައިސަލް ވަނީ މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މި ލިއުމާއި ގުޅޭ