Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

ރިޔާސީ އިންތިޚާބަށްފަހު އެމްޑީޕީން 1400 އެއްހައި މެންބަރުން ވަކިވެއްޖެ

މި އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބަށްފަހު، އެމްޑީޕީގެ 1400 އެއްހައި އާންމު މެންބަރުން އެ ޕާޓީން ވަކިވެއްޖެއެވެ.

އެމްޑީޕީން 1400 އެއްހައި މެންބަރުން ވަކިވެފައިވާކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާާސަން އިބްރާހިމް ވަޙީދެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާ ގޮތުން މިވަގުތު އެމްޑީޕީގައި ތިބީ 57,660 މެންބަރުންނެވެ.

އެކަމަކު އިބްރާހިމް ވަޙީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 56,000 މެންބަރުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އެ ޕާޓީގެ ޕްރައިމަރީއާ ހަަމައަށް ވަކިވާ މީހުން އެ ޕާޓީގެ މެންބަރުންގެ ލިސްޓުން އުނިކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ މިހާރު ވެސް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަށްވާއިރު އެކަން ދެމެހެއްޓުމަށް ޕާޓީން މަސައްކަތް ކުރާނެ ކަމަށާއި 55,000 އަށްވުރެ ދަށްވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އިބްރާހިމް ވަޙީދު ވިދާޅުުވިއެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައްޔާއި އޭގެފަހުން އެމްޑީޕީން ގިނަ އަދަދެއްގެ މެންބަރުން ވަކިވެފައިވާއިރު އޭގެތެރެއިން މަދު މެންބަރެއް ފިޔަވައި ގިނަ މެންބަރުން ގުޅުނީ ޕީޕީއެމް ޕީއެންސީއާއެވެ.
މި ލިއުމާއި ގުޅޭ