Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު މަހްލޫފް

ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރުމުން މަހުލޫފް ސަރުކާރަށް ތަޢުރީފްކޮށްފި

ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރުމުން ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ސަރުކާރަށް ތަޢުރީފްކޮށްފިއެވެ.

ބަރަނާ ސައިޓުތައް ބްލޮކްކުރުމުން އެކްސްގައި އެތައް ފަރާތަކުން ޚިޔާލު ފާޅުކުރަމުން އެބަ ގެންދެއެވެ. އޭގެތެރެއިން ބައެއް ބޭފުޅުން އެކަމާއި ހިތްހަމަނުޖެހި، އެކަމަކީ 'ޕްރޮޕަގެންޑާ' އެއްގެ ދަށުން ކުރި ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި، އެމީހެއް ބަލަން ޖެހޭ އެއްޗެއްސާއި ނުބެލޭނެ އެއްޗެއް އެނގޭނީ އެމީހަކަށްކަމަށް ބުނަމުން ދާ ފަރާތްތައްވެސް މަދެއް ނޫނެވެ.

ސަރުކާރަށް ތަޢުރީފުކޮށް މަހުލޫފް ފޭސްބުކްގައި ޝާޢިއުކޮށް ބުނެފައިވަނީ، ބަރަހަނާ ވެބްސައިޓުތައް ބްލޮކުކުރުމަކީ، މުޖުތަމައުއިން ބަލައިގަންނަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އަދި، އެ ނިންމުމުގެ ސަބަބުން އެތައް ކުދިންނެއް ހަލާކުގެ ތެރެއަށް ވެއްޓުމުން ދުރުވާނެކަމަށްވެސް މަހުލޫފް ބުނެފައިވެއެވެ.

ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ނިންމިކަމީ މިމުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއް.
މަހުލޫފް ވިދާޅުވިއެވެ

މަހުލޫފް އިތުރަށް ވިދާޅުވީ، އެ ނިންމުމަކީ މުހިއްމު ނިންމުމެއް ކަމަށެވެ. އަދި، އެ ނިންމުމުގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކަކުން މުޖުތަމައު ބަރީއަވެގެންދާނެކަމަށް މަހުލޫފް ވިދާޅުވިއެވެ. މީގެ އިތުރުން އެފަދަ މުހިއްމު ނިންމެވުމެއް ނިންމެވީތީ ސަރުކާރަށް ޝުކުރުކުރާކަމަށް މަހުލޫފް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ