Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރުތަައް

ވިހެއުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި

އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައިފައި ކުނިގޮނޑަށް އެއްލާލައިފައި އޮޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފިއެވެ.

ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައިފައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނުނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.


ކުނިއަޅަން ބޭނުންކުރާ ކަޅު ކޮތަޅަކަށް ލައިފައި އޮތް އެ ކުއްޖާ އޮތީ ފޫޅު ވެސް ނުކަނޑައެވެ. އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށް ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެ އިންޑިއާއަށް ފޮނުވާލައިފައިވާ ކަމަށެވެ.

މި ކުއްޖާގެ މަންމައަކީ ދިގުރަށުގެ ގެސްޓުހައުސްއެއްގައި މަސައްކަތްކުރަމުން އައި ލަންކާ އަންހެނެކެވެ. އުމުރުން 30 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކޮށް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ކުއްޖާ ފެނުނު ދުވަހު ދިގުރަށުން ފުރައިގެން މާލެ ގޮސް, ލަންކާއަށް ފުރަން ގޮސް ހުއްޓައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަ ކުއްޖަކު މެރިކަމުގެ ތުހުމަތެވެ.
މި ލިއުމާއި ގުޅޭ