Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅުދުއްފުށި

ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިޔާ ބަލި ކުޅުދުއްފުށިން ފެނިއްޖެ

ރާއްޖެއިން ނައްތާލެވިފައިވާކަމަށް އިއުލާންކޮށްފައިވާ, މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެއް ކަމުގައިވާ ފައިލޭރިޔާގެ ކޭސްތަކެއް ހދ. ކުޅުދުއްފުށިން ފެނިއްޖެއެވެ.


މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނެރުނު ބަޔާނެއްގައި ބުނީ ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިޔާއަށް ޕޮސިޓިވް ވެފައިވާ ބަޔަކު ފެނިފައިވާކަމަށެވެ.

އެ އެޖެންސީގެ ބަޔާނުގައި ބުނެފައިވަނީ މި ފަރާތްތަކަކީ މިހާރު ވެސް ފައިލޭރިޔާ ފެންނަމުންދާ ޤައުމަކުން އައިސްފައިވާ ބައެއް ކަމަށެވެ.

އެހެންކަމުން އެޗްޕީއޭގެ ލަފާގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އެރަށުގައި އިތުރު ބިދޭސީން ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިކަމަށް އެޗްޕީއޭއިން ބުނެއެވެ. މިހާތަނަށް ކުރެވުނު ޓެސްޓުތަކުން އެ ބައްޔަށް 17 މީހަކު ޕޮސިޓިވްވެފައިވާކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މިއާއެކު މިހާތަނަށް ޕޮސިޓިވް ވި މީހުންގެ ބަލި ހުރިތޯ ޔަގީންކުރުމަށް އިތުރު ޓެސްޓުތައް ހެދުމާއި މި ޓެސްޓުން ޕޮސިޓިވް ވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމުކުރަމުންދާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި މަޝްވަރާކުރަމުންދާކަމަށް އެޗްޕީއޭއިން ބުންޏެވެ.

ފައިލޭރިޔާ އަކީ އާއްމުކޮށް ނަޖިސް ފެނުގައި އާލާވާ ކިއުލެކްސް އޭ ކިޔާ މަދިރީގެ ބާވަތަކުން ފެތުރޭ މިބަލީގެ އާންމު އަލާމާތަކީ ފައި ދުޅަވުން ނަމަވެސް، މި ބަލި ޖެހުމަށްފަހު އެތައްދުވަހެއް ވަންދެން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ.

އަދި ބަލިޖެހޭތާ ގިނަ ދުވަސްތަކަކަށްފަހު ހުންއައުމާއި ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ބަލިމީހާގެ ކިބައިން ފެނެއެވެ.
މި ލިއުމާއި ގުޅޭ