3 ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލެއް ނުކުރާނެކަމަށް އާބަންކޯއިން ބުނެފިއެވެ.
ކުރީ ސަރުކާރުން 3 ވަނަ ފިޔަވަހީގައި ގޯތި ދޫކުރުމަށް ބުނެފައިވާއިރު، އެކަމާއި ގުޅިގެން މީސްމީޑިއާގައި އެކި ވާހަކަތައް އިދިކޮޅު ފަރާތްތަކުން ފަތުރަމުން ގެންދެއެވެ. ނަމަވެސް، ގޯތި ލިބޭމީހުންނަ ގޯތި ލިބޭ ބިން ހުޅުމާލޭ 3 ވަނަފިޔަވަހިން ފުށިދިއްގަރަށް ބަދަލު ނުކުރާނެކަން އާބަންކޯއިން ކަށަވަރުކޮށްދީފިއެވެ.
އާބަންކޯއިން މިހެން ބުނެފައިވަނީ، މިހާރު މީސްމީޑިއާތަކުގައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކައަކާއި ގުޅުވައިގެންނެވެ. 3 ވަނަ ފިޔަވަހިން ގޯތިލިބޭ މީހުންގެ ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން އުޅޭކަމަށްބުނެ އެކި ތަންތަނުގައި ފަތުރަމުން ގެންދާ ވާހަކަތައް އާބަންކޯ ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ ދޮގުކޮށްފައެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ދުނުމުގެ މަޝްރޫއަކީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ބިންތަކެކެވެ. އެ ސްކީމުގެ ދަށުން ޖުމްލަ 700 ގޯތި އެކި ފަރާތްތަކަށް ދޫކޮށްފައިވެއެވެ.