Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ އަގެއް ނަގާ ގޮތަށް ބަދަލުކޮށްގެން: ޒީނިޔާ

އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ އެ ހިދުމަތަށް އާންމުންގެ އަތުން ކޮންމެވެސް ވަރެއްގެ އަގެއް ނުވަތަ ކޯޕޭމަންޓެއް ނަގަން ފަަށައިގެން ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

އާސަންދައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮގެން މިއަދު ބޭއްވި ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު(ބޮންޑާ) ވަނީ އާސަންދައިގެ ހަރަދުތައް އަތްނުފޯރާ ފަށަށް ދާއިރު، އެ ހިދުމަތް އިންޝްއަރެންސް ނިޒާމެއްގެ ގޮތުގައި ހިންގަން ނުވިސްނަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އާސަންދަ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު ފާތިމަތު ޒީނިޔާ ވިދާޅުވީ އާސަންދަ ސްކީމަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރު އެ ކުންފުންޏަށް ނޯންނަ ކަމަށެވެ. އެކަން ކުރަން ޖެހޭނީ އެންސްޕާއިން ކަމަށާއި، އާސަންދަ ކުންފުނިން ތަންފީޒު ކުރަމުން ދަނީ އެންސްޕާއިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ސްކީމެއްކަން ޒީނިޔާ ފާހަގަކުރެއްވި އެވެ.

ނަމަވެސް އާސަންދަ އަކީ ރައްޔިތުންގެ އަތުން ކޯޕޭމަންޓެއް ނުވަތަ އަހަރަކު ކޮންމެވެސް ވަރެއް ނަގައިގެން ކުރިއަށް ގެންދާ ހިދުމަތަކަށް ބަދަލު ކުރަން އޭނާއަށް ތާއީދު ކުރެއްވޭ ކަމަށް ޒީނިއާ ވިދާޅުވިއެވެ.

"އާސަންދަ ސްކީމުގައި އެއްވެސް ކަހަލަ ބަދަލެއް އަޅުގަނޑުމެންނަކަށް ނުގެނެވޭނެ އެންސްޕާއިން މިވެނި ބަދަލެއް ގެންނާށޭ ބުނީމާ ނޫނީ. އެ ބަދަލެއް ގެނެވޭނީ. އެގޮތަށް އިމްޕްލިމަންޓް މި ކުރަނީ،" ޒީނިޔާ ވިދާޅުވި އެވެ.

އާސަންދައިގެ ހަރަދު ބޮޑުވާ ބައެއް ސަބަބުތައް ފާހަގަ ކުރައްވަމުން ޒީނިޔާ ވިދާޅުވީ އެންމެ ބޮޑު އެއް މައްސަލައަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ފާމަސީތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނުން އާސަންދަ ލިބޭ ގޮތަށް އޮތުމެވެ.

ޒީނިޔާ ވިދާޅުވީ ބައެއް ކުލިނިކްތައް ހުޅުވުމުގެ ކުރިން ވެސް އާސަންދަ ލިބޭ ސެންޓަރަކަށް ހެދުމުގެ ހުއްދައަށް އެދޭ ކަމަށާއި ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަން، އާސަންދައިން ދޭ ފައިސާގައި ހިންގާ ތަންތަނުގެ ގޮތުގައި ވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ދެކޮޅު ޓިކެޓް ދީގެން ބޭރުގެ ހޮސްޕިޓަލްތަކަށް ފޮނުވައިގެން ބޭސްފަރުވާ ކުރުމަށް ވުރެ ރާއްޖޭގެ ބައެއް އަމިއްލަ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ބޭސް ކުރުމުގެ ހަރަދު އެތައް ތަނެއް ބޮޑު ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

އާސަންދައިގެ ހަރަދު ކުޑަކުރުމަށް ބައެއް އޮޕަރޭޝަން ފަދަ ކަންކަމަށް ހެލްތު ސެންޓަރުތަކަށް ޕެކޭޖްތަކެއް ހަދާފައި ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެ ސަބަބުން އަގުތައް ވަކި މިންވަރެއްގައި ހިފެހެއްޓޭނޭ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

ޒިނިޔާ ވިދާޅުވީ އާސަންދައިގެ ހަރަދު ކުޑަކުރުމަށް ބައެއް އޮޕަރޭޝަން ފަދަ ކަންކަމަށް ހެލްތު ސެންޓަރުތަކަށް ޕެކޭޖްތަކެއް ހަދާފައި ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭރުން އަގުތައް ވަކި މިންވަރެއްގައި ހިފެހެއްޓޭނޭ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުން ހޯދާ ފަރުވާތަކަށް ހިނގާ ހަރަދު ކުޑަކުރުމުގެ ގޮތުން ހޮސްޕިޓަލްތައް ގްރޭޑްކޮށް ވަކި ވަރަކަށް އެ ހޮސްޕިޓަލްތަކުގެ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ނުވަތަ ކޯޕޭމަންޓުތަކުގައި ވަކި ލިމިޓެއް ގެންގުޅެން ވިސްނަމުން އަންނަ ކަމަށް ވެސް ޒީނިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދައިގެ ހަރަދުގެ %56 އަކީ ބޭހަށް ކުރަން ޖެހޭ ހަރަދު ކަމަށާއި އެ ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، މިހާރު ބޭސް ނެގޭނީ ފޯނަށް އަންނަ ކޯޑެއް ޖަހައިގެން ކަމަަށާއި އެކަން ކުރީ ވެސް މަކަރު ހަދަން ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޒީނިޔާ ވިދާޅުވީ ބޭސް ސިޓީއަކަށް ބޭސް ނެގުމަށް ފަހު އެ ނަގާ ބޭސް ބޭނުން ކުރަން ޑޮކްޓަރު ލިޔެދީފައިވާ މުއްދަތު ހަމަނުވަނީސް އެ ބޭސް ދެން އާސަންދައިން ނުނެގޭ ގޮތަށް ހަދަން ވިސްނަމުން އަންނަ ކަމަށެވެ.

ބޭހަށް ކުރާ ހަރަދު ކުޑަކުރަން އަގުބޮޑު 11 ބޭހެއް ބަލްކު ޕްރޮކިއުމަންޓުގެ ތެރެއިން ގެނެސް އަގުހެޔޮކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ޒީނިޔާ ވިދާޅުވީ އާސަންދައިގެ ދަށުން ބޭސް ވިއްކޭ ފާމަސީތަކުގެ އަދަދު ވެސް ކަނޑައަޅާ ވަކި ލިމިޓެއްގައި ގެންގުޅުން މުހިންމު ކަމަށެވެ.

މި ލިއުމާއި ގުޅޭ