Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސުނާމީ ކާރިސާގެ ކަންކަން ރައީސް މައުމޫނު ޙައްލުކުރެއްވި ގޮތުން ލިބޭ ފިލާވަޅުތައް ސަޢީދު ވިދާޅުވެދެއްވައިފި

ސުނާމީ ކާރިސާގެ ވަގުތުގައި ކުރިމަތިވި ކަންކަން ޙައްލުކުރެއްވުމަށް ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އެޅުއްވި ފިޔަވަޅުތަކުން ލިބޭ ބައެއް ފިލާވަޅު ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު ވިދާޅުވެދެއްވައިފިއެވެ.
ސަޢީދު މިފިލާވަޅުތައް ވިދާޅުވެދެއްވީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ސަޢީދު ވިދާޅުވި ގޮތުގައި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ މެދުވެރިވުމުން ރައީސް މައުމޫނު އިސްކަންދެއްވީ 3 ކަމަކަށް ކަމުގައެވެ. އަދި އެމަނިކުފާނު އަވަސްވެވަޑައިގެންނެނީ 3 ކަމެއް ކަށަވަރުކުރެއްވުމަށް ކަމުގައާއި އެއީ ރައްޔިތުންގެ ރައްކާތެރިކަމާއި، އިޤުތިޞާދު ސަލާމަތްކުރެއްވުމާއި، އެއިރު ޖަލުގައި ތިއްބެވި ސިޔާސީ ހައްޔަރީން ދޫކުރައްވައި މަޝްވަރާކުރެއްވުމަށް ކަމުގައި ސަޢީދު ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ސުނާމީ ކާރިސާ މެދުވެރިވިއިރު ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން ޖަލުން މިނިވަންކުރައްވައި އެމަނިކުފާނުވަނީ އެފަރާތްތަކާ އެކީ މަޝްވަރާކުރައްވައި، ޤައުމީ އެއްބައިވަންތަކަމަށް އެއިރު ބާރުއަޅުއްވާފައެވެ.
މިއަދުގެ ޙާލަތަަށް އިޝާރާތްކުރައްވަމުން ސަޢީދު ވިދާޅުވީ މިއަދު ދުނިޔެ ވެއްޓިފައިވަނީ ވެއްޓޭނެ އެންމެ ނުރައްކާތެރި ޙާލަތަށް ކަމުގައެވެ. ރައްޔިތުންގެ ތެރެއިން އެތައް ހާސް ރައްޔިތުންނެއްގެ ވަޒީފާތައް ގެެއްލިފައިވާ ކަމުގައާއި، ވިޔަފާރިތައް ބަނގުރޫޓުވަމުންދާ ކަމަށް ސަޢީދު ވިދާޅުވިއެވެ. މިހުރިހާ ކަމެއް މެދުވެރިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިސްކުރައްވަނީ ބޯހަރުކަން ކަމުގައި ސަޢީދު ފާހަގަކުރެއްވިއެވެ.
އަދި ރައީސް ޔާމީނަށް ނުޙައްޤުން އަނިޔާ ނުދިނުމަށާއި މަޝްވަރާގެ މަގު ޚިޔާރުކުރެއްވުމަށް ރައީސް ޞާލިޙުގެ އަރިހުން ސަޢީދު އެދިވަޑައިގެން އެކަމަށް ގޮވާލެއްވިއެވެ.
ހަމައެހެންމެ 2004 ވަނަ އަހަރުގެ ސުނާމީގައި ރައީސް މައުމޫނު ރާއްޖޭގެ ރިސޯޓުތަކުގެ ކުލި ފަސްކޮށްދެއްވައި، މުވައްޒަފުންގެ ވަޒީފާތައް ހިމާޔަތްކުރައްވައި، މަޝްވަރާ އިސްކުރެއްވި ކަމުގައި ސަޢީދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތާރީޚުގައި ކާރިސާތަކުގެ ވަގުތުގައި ހުރިހާ ވެރިންވެސް އިސްކުރެއްވީ އެއްބައިވަންތަކަން ކަމަށް ސަޢީދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ