Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހޯދަން އެއްދުވަސް ދީފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުގެ މައްސަލާގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު/މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާނަށް ވަކީލަކު އައްޔަން ކުރުމަށް ހައިކޯޓުން އެއް ދުވަސްދީފިއެވެ.

މި މައްސަލާގައި ކްރިިމިނަލް ކޯޓުގައި މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ޝަރުތުތަކާއެކު 180 ދުވަހަށް ލަމްހާ ބަންދުން ދޫކޮށްލައިފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމާއި ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމާއި ރޭގަނޑު 22:00 އިން ހެނދުނު 06:00 އަށް ގެއިން ބޭރުގައި ނޫޅުން ހިމެނެއެވެ.

ދަށު ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހޭތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު 11:15 ގައި ބޭއްވި އަޑުއެހުމަށް ލަމްހާ ހާޒިރުވީ ވަކީލަކާ ނުލައެވެ.

''އަޅުގަނޑުގެ ވަކީލުން މިއަދަށް އަދި ހަމަނުޖެހޭ. އެހެންވެ ވަގުތުކޮޅެއް ދެއްވުން އެދެން.'' ލަމްހާ ބުންޏެވެ.

ކިހާ ދުވަހެއްތެރޭގައި ވަކީލަކު ހަމަޖެއްސޭނެތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ލަމްހާ ބުނީ ''ތިން ދުވަސް'' ކަމަށެވެ.

މި މައްސަލަތަކީ ވެސް ކޯޓުން ވަކި މުއްދަތަކަށް ނިންމަންޖެހޭ މައްސަލަތަކަކަށްވާތީ އެހާ ގިނަ ވަގުތު ދެވެން ނޯންނާނެ ކަމަށާއި މައްސަލަ ހުށަހެޅުމަށްފަހު ވެސް ވަކީލަކު ހަމަޖައްސަން އަންގަވާފައިވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެއަށްފަހު ދައުލަތުގެ ވަކީލަށް ފުރުސަތު ދެއްވުމުން ވަކީލު ވިދާޅުވީ ވަކީލަކު އައްޔަންކުރުމަށް އެކަށީގެންވާ މުއްދަތެއް ދެވިފައިވާކަމަށް ދެކޭ ކަމަށާއި މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަން ހުރަހެއް އޮތް ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

އެއާއެކު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މަޝްވަރާ ކުރެއްވުމަށްފަހު ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު ވިދާޅުވީ ލަމްހާ ފުރުސަތަކަށް އެދިފައިވާތީ ވަކީލަކު އައްޔަންކުރަން އެއް ދުވަސް ދޭން ނިންމެވި ކަމަށެވެ. އަދި އިތުރު އަޑުއެހުމެއް ތާވަކުރުމަށްފަހު އަންގަވާނެ ކަމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ

މި ލިއުމާއި ގުޅޭ