Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ދިވެހި ދައުލަތަކީ މަސްވެރީންނަކީ ކޮބައިކަން ދަންނަ ދައުލަތަކަށް ހަދާނަން: ރައީސް

ދިވެހި ދައުލަތަކީ ދިވެހި މަސްވެރީންނަކީ ކޮބައިކަން ދަންނަ ދައުލަތަކަށް ހަދައްވާނެ ކަމުގެ ޔަގީންކަން ދެއްވައި އާ ސަރުކާރުން މަސްވެރިންނަށް ކޮށްދޭން ނިންމާފައިވާ ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ހާމަކުރައްވައިފިއެވެ.

43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިން ބައިވެރިވެ މަސްވެރިން އެ ބޯޑު ތަމްސީލުކުރާނެ ކަމަށާއި މިފްކޯގެ ސިޔާސަތުތައް ކަނޑައެޅުމުގައި މަސްވެރިން ސީދާ ބަސްކިޔައި މަސްވެރީންގެ ހައްގުތައް ހޯދުމުގައި މަސްވެރިން ބާރުވެރިކުރެވޭނެ ކަމަށެވެ.

އެމަނިކުފާނުގެ ރިޔާސީ ދައުރުގައި އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ތުރުކީވިލާތަށް ކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ ލަހެއް ނުވެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ މާރުކޭޓު ތަނަވަސްކަމާއެކު ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެކުއަކަލްޗަރއަކީ ރާއްޖޭގައި ތަރައްގީކޮށް، އާލާކުރެވިދާނެ ސިނާއަތެއް ކަމަށާއި މިއީ ކުދި އަދި މެދުފަންތީގެ ވިޔާފާރިތަކަށް މުހިންމު ސިނާއަތެއް ކަމަށެވެ. އެހެންކަމުން މިފަދަ މަސައްކަތްކުރާ އަދި ޝައުގުވެރިވާ ފަރާތްތަކަށް ލޯނު ލިބޭނެ ގޮތްތައް ތައާރުފުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކުއަކަލްޗަރ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ގާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކައި، މެރީން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށޭނެކަން ވެސް ރައީސް ހާމަކުރެއްވިއެވެ.

މި ރޮނގުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހި ދައުލަތަކީ، ދިވެހި މަސްވެރީންނަކީ ކޮބައިކަން ދަންނަ ދައުލަތަކަށް ހަދައި، ދިވެހި މަސްވެރިންގެ ދަފުތަރެއް އެކުލަވައިލައްވާނެ ކަމަށެވެ. އަދި މަސްވެރިންނަށް ދިމާވާ މާލީ، އިގުތިސާދީ އެކިއެކި ދަތިތައް ހައްލުކުރެވޭނެ މަގުތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ