Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއިކުރައްވައިފި

ޕީޕީއެމްއިން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުުފެއްދެވުމުގެ މަސައްކަތް ފައްޓަވާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ އެ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައިި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީންއަށް ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ މިދިޔަ މަހުގެ 29 ގައެވެ.

ޒެއިންގެ ނަމުގައި ޕާޓީ ހަދަން ހުއްދަ ދިން ނަމަވެސް ޕާޓީގެ މުއައްސިސުންގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 08 ބޭފުޅަކު ތިއްބަވައެވެ.

ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި މަދުވެގެން 3,000 މީހުންގެ ސޮއި ހަމަކޮށް އީސީއަށް ހުށަހަޅަންޖެހޭއިރު ޕީއެންއެފްއިން ދަނީ ސޮއިހަމަކޮށް އީސީއަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

މި ލިއުމާއި ގުޅޭ