Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުލުހުން

ނެއްލައިދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފި

ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ހދ.ނެއްލައިދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް ރަސްމީކޮށް ހުޅުވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނެއްލައިދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ހދ.އަތޮޅު ފުލުހުންނާއި ނެއްލައިދޫ ކައުންސިލާއި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މީގެއިތުރުން ބައެއް ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނެއްލައިދޫގައި ހުޅުވި ޕޮލިސް ޕޯސްޓާއެކު އެ ރަށުގައި ގާއިމުވެ ތިބެ ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ