Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތެލެސީމިއާ

ތެލެސީމިޔާ ހޮސްޕިޓަލެއް ޤާއިމުކޮށް ހިލޭ ބޯންމެރޯ ހަދައިދެނީ

ރާއްޖޭގައި ތެލެސީމިޔާ ސެންޓަރެއް ޤާއިމުކޮށް، ތެލެސީމިޔާ ކުދިންނަށް ހިލޭ ބޯން މެރޯ ހަދައިދޭން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، ރާއްޖޭގައި ތިބި ތެލެސީމިޔާ ކުދިންނަށް ރާއްޖެއިން ފަރުވާ ހޯދައިދިނުމަށްޓަކައި ތެލެސީމިޔާ ސެންޓަރެއް ޤާއިމުކުރަން ނިންމާފައިވާ ކަމަށާއި ތެލެސީމިޔާ ކުދިންނަށް އޭރުން ހިލޭ ބޯން މެރޯ ހަދައިދޭނެ ކަމަށެވެ.

"މިވަގުތުވެސް ލިސްޓުވެގެން މި ހިދުމަތަށް އެދިފައި ތިބި ގިނަ އަދަދެއްގެ ކުދިން އެބަތިބި، މިއަދު ވަޒީރުންގެ މަޖިލީހުން މަޝްވަރާކޮށް ނިންމާފައި ވަނީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މި ހުރިހާ ކުދިންނަށް ބޯން މެރޯ ޓްރާންސްޕްލާންޓް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް،".
ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭޣައި ގިނަ އަދަދެއްގެ ތެލެސީމިޔާ ކުދިން ބޯން މެރޯ ހަދަން ޖެހިފައި އެބަތިބި ކަމަށާއި ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި އެކުދިންނަށް ބޯން މެރޯ ހެދޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ. އަދި ސިސްޓަމެޓިކް ހައްލެއްގެ ތެރެއިން ދައުލަތުގެ ފަރުވާގެ ނިޒާމުގެ ތެރެއިން ބޯން މެރޯ ޓްރާންސްޕްލާންޓް ކުރުމަށް މެޑިކަލީ ކޮލިފައިވާ ކޮންމެ ކުއްޖަކަށް އެކަން ކުރެވޭނެ ސިސްޓަމެޓިކް ނިޒާމަކަށް މިކަން ތަސައްވަރުކޮށްގެން ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އަންނަ އަހަރު ފަސް ކުއްޖަކަށް ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް މަދު ހަފްތާ ތަކެއްގެ ތެރޭގައި އެއް ކުއްޖަކު ބޯން މެރޯ ފަރުވާ ހޯދުމަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި ތެލެސީމިއާ ވާރުތަ ކުރޭތޯ ނޫންތޯ ބެލުމަށް ޓެސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން %30 މީހުން ޑީއެންއޭ ހަދަން ޖެހެއެވެ. އެހެންނަމަވެސް އެ ކަންތައްތަކަށް އާސަންދަ މިހާރު ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ތަފާސްހިސާބުތަކަށް ބަލާއިރުގައި ތެލެސީމިއާ ވާރުތަ ކުރޭތޯ ނޫންތޯ ބެލުމަށް ޓެސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން %30 މީހުން ޑީއެންއޭ ޓެސްޓަށް ޕްރޮސީޑް ކުރަން ޖެހޭ އެކަން އިތުރަށް ދެނެގަތުމަށްޓަކައި. އެހެން ނަމަވެސް މިއަދުގެ ހާލަތުގައި މި ޑީއެންއޭ ޓެސްޓު ފުރިހަމަ ކުރެވެނީ އަމިއްލަ ފަރާތަކުން ފޯރުކޮށްދޭ ހިދުމަތެއްގެ ތެރެއިން."
ފިރުޒުލް

އާސަންދަ ކަވާ ނުކުރުމުގެ ސަބަބުން މާލީ ދަތިތަކާހުރެ އެކަން ނުކޮށް ގިނަ މީހުން ތިބި ކަމަށާއި އޭގެ ސަބަބުން ތެލެސީމިޔާ ކުދިން އިތުރުވެގެންދާކަން ފިރުޒުލް ފާހަގަކޮށްލިއެވެ.

މި ލިއުމާއި ގުޅޭ