Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ނާޒިމް ޕީީޕީއެމް/ޕީއެންސީ ޓިކެޓުގައި ދިއްގަރު ދާއިރާއަށް ވާދަކުރައްވަނީ

މިމަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގައި ދިއްގަރު ދާއިރާގެ މެންބަރަކަށް އަހުމަދު ނާޒިމް ކުރިމަތިލައްވައިފިއެވެ.

އޭނާ ކުރި ޕޯސްޓެއްގައި މިކަން ވަނީ އިއުލާންކޮށްފައެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގެ ކެނޑިޑޭޓުން މަޖިލިސް އިންތިހާބަށް ނެރުމަށްޓަކައި ބާއްވާ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން މިމަހު 20 ވަނަ ދުވަހު ބާއްވާއިރު މި ޕްރައިމަރީގައި ވާދަކުރައްވާ މެންބަރުންނަށް ވަނީ މާދަމާގެ ނިޔަލަށް ފުރުސަތު ހުލުވާލެވިފައެވެ.

އަހުމަދު ނާޒިމް ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، ނިންމައި ފޯމު ހުށަހެޅި ކަމަށެވެ.

މިއަދަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި މުޙިއްމު ނިންމުމެއް ނިންމާފައިވާ ދުވަހެކެވެ. އަޅުގަނޑާއި އެންމެ ގާތުގައި، ދެގޮތެއް ނުވެ އަބަދުވެސް ތިއްބެވި ދިއްގަރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި، ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، އަޅުގަނޑު ފޯމު ހުށަހަޅައިފީމެވެ.
އަހުމަދު ނާޒިމް

އަހުމަދު ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ ތަމްސީލުކޮށްދީފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. ގޮނޑި ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް 25 އަހަރުގެ ހުކުމެއް އިއްވުމާ ގުޅިގެންނެވެ. އެހެންނަމަވެސް ފަހުން އެ ނިންމުން މުރާޖާ ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި 2018 ވަަނަ އަހަރު އެދުމުން ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ނިންމާފައިވާ ނިންމުން ބާތިލުކޮށްފައެވެ.

ނާޒިމަކީ ރާއްޖޭގައި އުފެދިންގެދިޔަ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕީއޭގެ ފައުންޑާވެސްމެއެވެ. ސިޔާސީ ދާއިރާގައި އޭނާ އަކީ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ.

މި ލިއުމާއި ގުޅޭ