Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަޒީރުންގެ މަޖިލިސް

ކޮންމެ ވަޒީރަކަށް ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން ކޮމިޓީން ފާސްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ވަޒީރުން އެ މަގާމަށް ޝަރުތު ހަމަވި ނަމަވެސް، ހުރިހާ ވަޒީރުންނަށް އެކީ ރުހުން ދިނުމުގެ ބަދަލުގައި ކޮންމެ ވަޒީރަކަށް ރުހުން ދިނުމަށް ވަކި ވަކިން ތަޅުމުގައި ވޯޓަށް އަހަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެ ބޭފުޅުންގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް ބޭފުޅެއް ހިމެނޭތޯ ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކުރިން އޮތީ ފާސްކޮށްފަ އެވެ. އެގޮތުން ބޭރު ގައުމެއްގެ ޕާސްޕޯޓު އޮތީ ޕަބްލިކް ވާކްސް މިނިސްޓަރަށް އައްޔަނުކުރެއްވި ޑރ. އަލީ ހައިދަރާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އަތުގަ އެވެ.
ކެބިނެޓަށް އައްޔަންކުރި 22 ވަޒީރުންނަށް ރުހުން ދިނުމާ ބެހޭގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މުހައްމަދު ފަލާހް ވިދާޅުވީ އެ ދެބޭފުޅުންގެ އަތުގައި އޮތް އެހެން ގައުމެއްގެ ޕާސްޕޯޓު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެހެންވެ، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވީ މިހާރު ކެބިނެޓް އެކުލަވާލާފައިވާ 22 ވަޒީރުންގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވަތީ 22 ވަޒީރުންނަށް އެއްފަހަރާ ރުހުން ދިނުމަށެވެ. އެކަމަކު އެގޮތަށް ފާހެއްނުވި އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކުން ހޯދި މައުލޫމާތުތަކުން ކެބިނެޓަށް އައްޔަނުކުރައްވާފައިވާ ހުރިހާ ބޭފުޅުން ވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތު ހަމަވާ ކަމަށެވެ. އަދި އެ ހުރިހާ ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް ކޮމިޓީން ކަނޑައަޅައި، މަޖިލީހުގެ ތަޅުމަށް ފޮނުވައި، ތަޅުމުން ކޮންމެ ބޭފުޅަކަށް ވަކި ވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ.
ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ޝިފާއުގެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ