Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ޝުޖާ

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ބާރަށު ދާއިރާ ޓިކެޓަށް ވާދަކުރައްވަން ޝުޖާ ފޯމު ހުށަހަޅުއްވައިފި

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ބާރަށު ދާއިރާއަށް ވާދަކުރައްވަން މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ހުށަހަޅުއްވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ޝުޖާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލުކުރެއްވި އެ ދާއިރާގެ މެންބަރެވެ. 2018 ވަނަ އަހަރުގައި ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަން ނިމުމަށްފަހު ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ޝުޖާއެވެ.

2021 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި ޝުޖާ ވާދަކުރެއްވީ ހުޅުމާލެ ދާއިރާގެ ކައުންސިލަރުގެ މަޤާމަށެވެ. އެ މަޤާމު ކާމިޔާބުކުރެއްވުމަށްފަހު އޭނާވަނީ ކައުންސިލަރެއްގެ ހައިސިއްޔަތުން ހުޅުމާލޭގައި ހުރި އެކި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޝުޖާއަކީ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން ފާއިތުވި ފަސް އަހަރު ކުރިއަށްގެންދިޔަ ގިނަ ސިޔާސީ ހަރަކާތްތައް އިންތިޒާމުކުރުމާއި ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ކޯލިޝަނުގެ ލީޑާޝިޕުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވިކަން އިއުލާނުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާ ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީގެ މެންބަރުން އޭނާއަށް ތާއީދުކުރެއްވުން ކަމަށެވެ.

ވެރިކަންކުރާ ކޯލިޝަނުގެ ޕާޓީތައް ޝާމިލުވާ ގޮތަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގައެވެ. އެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުންވަނީ ޕްރައިމަރީއަށް ހުޅުވައިލުމާއެކު، އެ ޕާޓީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައްވެސް އާންމުކޮށްފައެވެ.

މި ލިއުމާއި ގުޅޭ