Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަހީމް

މިނިސްޓަރ ޑރ. ޝަހީމް ގއ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ގއ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

މިނިސްޓަރ ޝަހީމް ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާތަނަށް 4 ރަށަކަށް ޒިޔާރަތްކުރައްވާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން، އެމަނިކުފާނު ޒިޔާރަތްކުރެއްވި ރަށްތަކުގެ ދީނީ ހާލަތު ބައްލަވާފައިވެއެވެ.

އެމަނިކުފާނު ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އިސްލާމީކަންތައްތަކާ ބެވޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޑރ. ޝަހީމް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ގއ. ދާންދޫގެ ބޮޑު މިސްކިތުގެ ހާލަތު ބައްލަވާފައިވެއެވެ. އަދި އިމާމުންގެ ހާލަތާއި ކުރިމަގުގައި ކަންކަން ކުރިއެރުވުމަށްޓަކައި ކުރެވެންހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ގއ. ކޮނޑޭއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި އަލަށް އިމާރާތްކުރަމުން ގެންދާ މިސްކިތަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި، އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ޑރ. ޝަހީމް ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގެމަނަފުއްޓަށްވެސް ޒިޔާރަތްކުރައްވާފައިވެއެވެ. އެގޮތުން އެ ދަތުރުފުޅުގައި އެމަނިކުފާނު އެރަށުގެ އިމާމުންނާއި ބައްދަލު ކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގައި އެ ރަށުގެ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި އެޅޭނެ މުހިއްމު ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ